އދ އިން ފަލަސްތީނަށް އެހީ ފޯރުކޮށްދޭ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ ފޯ ޕަލަސްތީނިއަން ރެފިއުޖީސް އަށް އަލުން ފަންޑިންގ ދިނުމަށް ޖަޕާނުން ނިންމައިފިއެވެ.

ޖަޕާނުގެ ފޮރިން މިނިސްޓަރ ޔޯކޯ ކަމިކަވާ ވިދާޅުވި ގޮތުގައި ޖަޕާނުން 35 މިލިޔަން ޑޮލަރުގެ ފަންޑިންގ ދޫކުރަން ތައްޔާރަށް އޮތްކަމަށާއި އަދި އެ ފަންޑިންގ ބޭނުން ކުރާނެ ގޮތާބެހޭގޮތުން އެ އިދާރާ އެކު މަޝްވަރާ ކުރަމުން ދާކަމަށެވެ. އެގޮތުން ހުސްވި ހަފްތާ ތެރޭގައި ޔޯކޯ ވަނީ އދ ގެ އެދާރާ ގެ ކޮމިޝަނަރ ޖެނެރަލް ފިލިޕެ ލައްޒަރީނީ އާއެކު ޓޯކިޔޯގައި ބައްދަލުވުން ތަކެއް ބާއްވާފައެވެ.

ޖަޕާނު ހިމެނޭހެން 15 ގައުމަކުން އެއިދާރާއަށް މާލީ އެހީ ފޯރުކޮށްދިނުން ހުއްޓާލައިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި، އެ އިދާރާގެ ބައެއް މުވައްޒަފުންގެ ދައުރެއް އޮތް ކަމަށް ބުނާ މައްސަލައާއި ގުޅިގެންނެވެ. މި މައްސަލަ ވަނީ އދ އިން ތަހުގީގުކޮށް ބަޔެއް މުވައްޒަފުންނަށް ފިޔަވަޅު އަޅާފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެން ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 32000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން