އަޙްމަދު ޙުމައިދު   3 އޭޕްރީލު 2024 - 10:51
ޓައިވާންގެ ހޫއަލިއަން ސިޓީއަށް 7.4 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ ޓައިވާން ގަޑިން ހެނދުނު 7.30 ގައެވެ. ބިންހެލުމާއިއެކު އެތަކެއް އިމާރާތެއް ބިމާ ހަމަވެ، އަދި ބައެއް ހިސާބުތަކުން ކަރަންޓާއި އިންޓަރނެޓްގެ ހިދުމަތް ކެނޑިގެން ދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާދިސާއާއި ގުޅިގެން މިހާތަނަށް 3 މީހުން މަރުވެފައިވާ ކަމަށާއި، 50 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ޓައިވާންގެ ފަޔަރ އެޖޭންސީއިން ބުނެއެވެ. އަދި މިހާރު މަސައްކަތް ކުރަނީ އިމާރާތްތަކުގެ ދަށުވެފައި މީހުން ސަލާމަތް ކުރުމަށްކަމަށް ޓައިވާންގެ ފަޔަރ އެޖޭންސީއިން ހާމަކޮށްފައިވެއެވެ.

މިއީ 1999 އަށް ފަހު ޓައިވާންއަށް އައި އެންމެ ބޮޑު ބިންހެލުމެވެ. 1999 ވަނަ އަހަރު ބިންހެލުމުގައި 2400 މީހުން މަރުވެ، 5000 އިމާރާތް ފުނޑުފުނޑުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން