ސަރުކާރުގެ ކުންފުނިތައް ހަރުދަނާކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން އެވޯޑެއް ދޭން ފަށަން ނިންމައިފި އެވެ.
ޕީސީބިން ބުނީ މިއީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމާއެކު އެ ކުންފުނިތައް އިތުރަށް ތަރައްގީކުުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ދޭން ފަށާ އެވޯޑެއް ކަމަށެވެ. އަދި އެވޯޑް ދޭނީ އެ ބޯޑުން އެކުލަވާލާ މިިނިވަން ކޮމިޓީއަކުން ކަމަށްވެސް ޕީސީބީން މަޢުލޫމާތުދީފައިވެއެވެ.
ޕީސީބީން ކުންފުނިތަކަށް އެވޯޑް ދޭން ފަށަން ނިންމާފައިވާއިރު ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަށްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.
މި ސަރުކާރުން ވެރިކަމަށް އައިއިރު ސަރުކާރުގެ ކުންފުނިތަކުގެ ހާލަތު އޮތީ ވަރަށް ބޮޑަށް ގޯސްވެފައި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ހާއްސަކޮށް ފެނަކަ އޮތީ ބަނގުރޫޓުވުމުގެ ތުންފަތްމަތީގައިކަމަށް މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ބުނެފައި ވެއެވެ.
ކުރީގެ ސަރުކާރުގައި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަޜޭޝަނުން ހިންގި ކޮރަޕްޝަންގެ މައްސަލަަތަކެއްވެސް މި ސަރުކާރުން މިހާރު ދަނީ ބަލަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު