އިންޑިއާގެ އެންމެ ނުފޫޒުގަދަ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ކެރެލާގެ ދާއިރާއަކަށް ކުރިމަތި ލައިފިއެވެ.
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއާގެ ލޮކްސަބާ އިލެކްޝަންސްގައި ރާހުލް ގާންދީ ކުރިމަތި ލައިފައިވަނީ މިހާރުވެސް މެންބަރުކަން ކުރައްވަމުން ގެންދާ ވަޔާނަދް ދާއިރާއަށެވެ.
އުމުރުން 53 އަހަރުގެ ގާންދީ ގެ ބައްޕަ، ކާފަ އަދި މުނިކާފަ އަކީވެސް އިންޑިއާގެ ކުރީގެ ބޮޑުވަޒީރުންގެ މަގާމު ފުރުއްވާފައިވާ ބޭފުޅުންނެވެ. ނަމަވެސް ރާހުލް ގާންދީގެ ކޮންގްރެސް ޕާޓީ ވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަތުން ދެ ފަހަރެއްގެ މަތިން ބަލިވެފަ އެވެ.
ބުދަދުވަހު ވަޔާނަދްގައި ރާހުލް ކުރިޔަށް ގެންދިޔަ ކެންޕެއިން ހަރަކާތައް އެތަށް ހާސް ބަޔަކު ހާޒިރުވެ، އޭނާއަށް ސަޕޯޓު އޮތްވަރު ދައްކާލާފައިވާއިރު، މި ކެމްޕޭނު ހަރަކާތުގައި ވާހަކަ ދައްކަވަމުން ރާހުލް ވަނީ ދާއިރާގެ ރައްޔިތުން ދެކެނީ އާއިލާގެ މެންބަރުން ގޮތުގައި ކަމަށް ވިދާޅުވެފައެވެ. ރާހުލްގެ ކެންޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަންއަށް ހުށައަޅާފައިވަނީ ވަޔާނަދްގައި ކުރިއަށްދިޔަ ކެންޕެއިން ހަރަކާތް ނިންމާލުމަށްފަހު އެވެ.
ރިޕޯޓުތައް ބުނާގޮތުން ރާހުލް އަކީ މިއަހަރުގެ އިންތިޚާބުގައި މިހާރުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާ ވާދަކޮށް ޗެލެންޖް ކޮށްލެވޭނެ ފަރާތެކެވެ. ނަމަވެސް މޯދީ އަށް ސަޕޯޓު ކުރާ ފަރާތްތަކުން ދަނީ، ބޮޑުވަޒީރު ކަމުގެ މަގާމުގައި އެތައް އަހަރެއް ވޭތުކޮށްފައިވާ މޯދީ މިއަހަރުވެސް އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށް ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު