އިސްރާއީލުން ވޯރލްޑް ސެންޓްރަލް ކިޗަންގެ މުވައްޒަފުންނަށް ހަމަލާ ދިނީ ގަސްތުގައި ކަމަށް އެ ޖަމިއްޔާގެ ބާނީ، މަޝްހޫރު ޝެފް ހޯސޭ އެންޑްރެސް ތުހުމަތު ކޮށްފިއެވެ.

މިހާދިސާ އާއި ގުޅިގެން ދިން އިންޓަވިއުގައި ވާހަކަ ދައްކަމުން ޝެފް ހޯސޭ ބުނީ ގާޒާ ގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ދިޔަ ވޯރލްޑް ސެންޓްރަލް ކިޗަންގެ ވެހިކަލްތަށް ދަތުރު ކުރަމުން ދާނެ މަގުތަކާއި ވަގުތުތަކުގެ މަޢުލޫމާތު އިސްރާއީލުގެ އަސްކަރިއްޔާއަށް ދީ، މިދަތުރުފަތުރަށް ހުއްދަ ހޯދާފައިވާނޭކަމަށެވެ. މިހެންކަމުން އީ އޮޅިގެން ދެވުނު ހަމަލާއެއް ނޫންކަމަށާއި ގަސްތުގައި ދިން ހަމަލާއެއްކަމަށް ޝެފް ހޯސޭ ތުހުމަތުކުރިއެވެ.

އިސްރާއީލުން ވޯރލްޑް ސެންޓްރަލް ކިޗަންގެ ވެހިކަލްތަކަށް އަމާޒުކޮށް ހަމަލާ ދީފައިވަނީ ޣައްޒާއަށް ކަނޑުގެ މަގުން އެތެރެވި 100 ޓަނުގެ ކާބޯތަކެތި ވެހިކަލްތަކަށް އެރުވުމަށްފަހު، ޣައްޒާގެ މެދުތެރެއަށް ދަތުރު ކުރަނިކޮށެވެ. މި ހަމަލާގައި އެ ޖަމިއްޔާގެ 7 މުވައްޒަފުންވަނީ ޝަހީދުވެފައެވެ.

މިހާދިސާ އާއި ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ހިތާމަ ކުރާކަމަށް ބުނެފައިވާއިރު، އިސްރާއީލުގެ ބޮޑު ވަޒީރު ވަނީ އެ ހަމަލާއަކީ ގަސްތުގައި ދިން ހަމަލާއެއް ނޫން ކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން