ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ.
އެގޮތުން ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ 15 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިމިފައިވާކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ 2 ބަޔަކަށް ބަހާލައިގެންކަމަށެވެ.
އެގޮތުން ފުރަތަމަ ބައިގެ ގޮތުގައި ހިއްކުމަށް ކަނޑައަޅާފައިވަ ސަރަހައްދުގެ 10 ހެކްޓަރ ބިން މިހާރު ވަނީ ހިއްކާ ނިމި، ދެވަނަ ބައިގެ ވެސް 5 ހެކްޓަރ ހިއްކާފައެވެ. މިހާރު ކުރިއަށް ދަނީ ދެވަނަ ބައިގެ ނުނިމި އޮތްބައި ހިއްކުމުގެ މަސައްކަތްކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ގޮތުގައި މުޅި ޖުމްލަކޮށް ހިއްކުމަށް ކަނޑައެޅިފައި ވަނީ 63 ހެކްޓަރެވެ.
މިއާއެކު ބިން ހިއްކުމުގެ މަސައްކަތަށް ދަތިވާތީ، އެ ސަރަހައްދުގައި ހުރި ކަނޑު އުޅަނދުތައް ނަގައި ދިނުމަށްވެސް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ. އަދި މި ސަރަހައްދުން ނަގާ އުޅަނދުތައް މި ސަރަހައްދުން ބޭރުގައި އެޅުމުގެ ފުރުސަތު އުޅަނދުގެ ވެރިންނަށް އެޗްޑީސީން ވަނީ ފަހިކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު