އިސްރާއީލުން ވަނީ ހުއްޓުމެއްނެތި ޣައްޒާގެ އެތައް ބަޔަކު މަރައި ޣައްޒާ ސުންނާފަތިކޮށްފަކަމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވިދާޅުވެއްޖެއެވެ. މިހެން ގުޓެރޭސް ވިދާޅުވީ އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށިތާ 6 މަސް ވެގެން ދިއުމާއި ގުޅިގެން ދެއްވި ހިތޯބެއްގައެވެ.

"ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އަނިޔާއަކީ އެއްވެސް ގޮތަކުން ބަލައިގަނެވޭނެ ކަމެއް ނޫން" ގުޓެރޭސް ވިދާޅުވިއެވެ.

"އެހީގެ ދޮރު ބަންދުވުމަކީ ބަނޑުހައިހޫނުކަމަށް ދޮރު ހުޅުވުން، ޣައްޒާގައި މިލިޔަނަކަށް ވުރެން ގިނަ ބަޔަކު ދަނީ ބަނޑުހައިހޫނުކަން ތަހައްމަލް ކުރަމުން، ކުޑަ ކުދިން ދަނީ ކާބޯ ތަކެއްޗަ ޖެހި މަރުވަމުން.. މިއީ ހުއްޓުވޭނެ ކަމެއް"

ޣައްޒާގައި ތިބީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުންވަނީ ހުސްވި ހަފްތާގައި ޣައްޒާގެ އުތުރުން ބެއިޓް ހަނޫން ބޯޑަރު ހުޅުވާލައި، އިސްރާއީލުގެ އަޝްދޮދް ކަނޑު ޕޯޓު ވަގުތީ ގޮތުން ބޭނުން ކުރަން ހުއްދަ ދީފައެވެ. އިސްރާޢީލުން މިހެން މިކަން ކުރީ އިންސާނީ އެހީ ފޯރުކޮށްދޭނެ މަގެއް ނުދައްކައިފިނަމަ، އިސްރާއީލަށް އެމެރިކާއިން ވަމުންދާ އެހީތަކަށް ހުރަސް އަޅާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވުމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެން ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 32000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ. އަދި އެތަކެއް ބަޔަކު ވަނީ ބޭސްފަރުވާ އާއި، ކާބޯތަކެއްޗަށްވެސް ޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން