ޣައްޒާގައި ކުރާ ހަނގުރާމަ ހުއްޓާލުމަށް ހުށައަޅާފައިވާ ޑިމާންޑުތަކަށް ބޯނުލަނބާނެ ކަމަށް ހަމާސް އިން ބުނެފިއެވެ.

ހަމާސްއިން މިހެން ބުނެފައިވަނީ އެޖަމާއަތުން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނާ ގޮތުން، މާރޗް 14ގައި އޮތް ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާ ބައްދަލުވުމުގައި ހަމާސްއިން ހުށައެޅި ޑިމާންޑުތަކުގައި ފަހަތަށް ނުޖެހި ދެމި ތިބޭނެ ކަމަށެވެ. ހަމާސް އިން ބޭނުންވަނީ ހަނގުރާމަ އެއްކޮށް ހުއްޓާލުމަށާއި އިސްރާއީލުގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ބިންތަކުން ފޭބުމަށެވެ. އަދި އިސްރާއީލުން ހައްޔަރުކޮށްފައިވާ ހުރިހާ ފަލަސްތީނު ރައްޔިތުން ދޫކޮށްލުމާއެކު ހަމާސް އިން ރަހީނުކޮށްފައިވާ އިސްރާއީލުގެ ރައްޔިތުން ދޫކޮށްލާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މިސްރުގެ ވެރިރަށް ގާހިރާގައި ކުރިޔަށް ގެންދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާ ބައްދަލުވުންތަަކަކީ ގަތަރު އަދި މިސްރުގެ އިސްނެގުމުގެ މަތިން ކުރިޔަށްދާ ބައްދަލުވުން ތަކަކެވެ. މި ބައްދަލުވުންތަކުގެ މެދުވެރިޔެއްގެ ރޯލު އަދާ ކުރަނީ މިސްރާއި ގަތަރެވެ. ނޮވެމްބަރުގައި ފެށުނު ބައްދަލުވުންތަކުން އަދި ވަނީ ކުރި އެރުންތަކެއް ނުލިބިފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެން ހުއްޓުމެއް ނެތި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 32000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ. އަދި އެތަކެއް ބަޔަކު ވަނީ ބޭސްފަރުވާ އާއި، ކާބޯތަކެއްޗަށް ޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން