އިންޑިއާއާއި ޗައިނާއާ ދެމެދު ހަރުދަނާ، ސުލްހަވެރި ގުޅުމެއް ދެމެހެއްޓުން މުހިންމުކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިހެން ވިދާޅުވެފައިވަނީ ނިއުސްވީކްއަށް ދެއްވި އިންޓަވިއު އެއްގައެވެ.

"އަޅުގަނޑުމެންގެ ބޯޑަރުތަކުގައި ދިގުދެމިގެން ގޮސްފައިވާ ހާލަތްތަކަށް ހައްލެއް ހޯދިއްޖެ ކަމަށްވާނަމަ، އަޅުގަނޑުމެން ދެގައުމުގެ ދޭތެރޭ ކުރިން ކުރެވިފައިވާ ނޭދެވޭ މުއާމަލާތްތައް ފަސްދީ ދެވޭނެ. އިންޑިއާ އާއި ޗައިނާއާ ދެމެދު އޮންނަ ސްޓޭބަލް އަދި ސުލްހަވެރި ގުޅުންތަކަކީ ހަމައެކަނި އަޅުގަނޑުމެންގެ ދެގައުމަށް ނޫން މުޅި ސަރަހައްދާއި ދުނިޔެއަށް މުހިންމު ގުޅުންތަކެއް." މޯދީ ވިދާޅުވިއެވެ.

މޯދީ އިތުރަށް ވިދާޅުވީ ޑިޕްލޮމެޓިކް އަދި އަސްކަރީ ފެންވަރުގައި ބިނާކުރަނިވި ބައިލެޓެރަލް އެއްބަސްވުންތަކަކާއެކު ދެގައުމުގެ ބޯޑަރުތަކުގައި ސުލްހަ އާއި ހަމަޖެހުން ދެމެހެއްޓޭނެ ކަމަށެވެ.

އިންޑިއާ އާއި ޗައިނާއާ ދެމެދު އިގްތިސޯދީ ގުޅުން ރަނގަޅަކަސް، އިންޑިއާ އާއި ޗައިނާ ބޯޑަރުތަކުގައި ދޭތެރަކުން ހަމަލާ ބަދަލުކުރެވުމުން ދެއެވެ. މިހެންކަމުން ދެގައުމުގެ ގުޅުމަށް އަސަރު ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން