އަޙްމަދު ޙުމައިދު   17 އޭޕްރީލު 2024 - 9:56
އިސްރާއީލުން ފަލަސްތީނުގެ ރަފާހްއަށް ހަމަލާ ދީފިއެވެ.

ރަފާހްއަށް އިސްރާއީލުން މި ދިން ވައިގެ ހަމަލާ އަމާޒުވެފައި ވަނީ ރަފާހްގެ ޔަބްނާ ރެފިއުޖީ ކޭންޕުގައި ހުރި ގެޔަކަށެވެ. މި ހަމަލާގައި ޝަހީދުވެ އަނިޔާވި މީހުންގެ އަދަދު އަދި ޔަގީން ނުވެއެވެ. މިހާތަނަށް 5 ކުޑަކުދިންގެ ހަށިގަނޑުވަނީ ރަފާހްގެ ކުވެއިތީ ހޮސްޕިޓަލަށް ގެނެސްފައެވެ.

ރަފާހްގައި ޣައްޒާގެ 1.5 މިލިޔަން ރައްޔިތުން ދަނީ ހިޔާ ހޯދަމުންނެވެ. އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ރަފާހްގައި ބިމުގެ އަސްކަރީ އޮޕްރޭޝަނެއް ފައްޓާނޭ ކަމަށް ބުނެފައެވެ. މިހެންބުނުމުން ގިނަ ގައުމުތަކުންވަނީ ނުރުހުން ފާޅު ކޮށްފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެން ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 33،000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ. އަދި އެތަކެއް ބަޔަކު ވަނީ ބޭސްފަރުވާ އާއި، ކާބޯތަކެއްޗަށްވެސް ޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން