އިންޑޮނޭޝިޔާގެ ސުލަވަސީގައި ހުންނަ ރުއާންގް އަލިފާން ފަރުބަދަ ގޮވަން ފަށައިފިއެވެ.

ރުއާންގް އަލިފާން ފަރުބަދަ ގޮވަން ފެށުމާއި ގުޅިގެން އަޅި އަދި ދުން ފެތުރެމުން ދާތީ، އެ ފަރުބަދަ ކައިރީގައިވާ ރަަށްތަކުން މީހުން ހުސްކުރަން ވަނީ ފަށާފައެވެ. މިހާތަނަށް 11،000 މީހުންވަނީ އެހެން ރަށްތަކަށް ބަދަލުކޮށްފައެވެ.

އިންޑޮނޭޝިޔާގެ މޫސުމާބެހޭ އިދާރާއިން މައުލޫމާތުދޭ ގޮތުގައި، އެފަރުބަދައިގެ ގޮވުންތައް ފެށުނީ ބުދަ ދުވަހުއެވެ. ގޮވުންތައް ހުއްޓުމަށްފަހު ހުކުރު ދުވަހު ހުދު ކުލައިގެ ދުން އަރާތީ އިތުރު ބާރު ގޮވުމެއް އަތުވެދާނެ ކަމަށް އެ އިދާރާއިން ލަފާ ކުރެއެވެ. އަދި އެ އިދާރާއިން ބުނާ ގޮތުގައި މިފަހަރުގެ ގޮވުމާއިއެކު ފަރުބަދައިގެ އެއްބައި ކަނޑަށް ވެއްޓި ސުނާމީއެއް އުފެދިދާނެއެވެ.

އިންޑޮނޭޝިޔާގައި 120 އަލިފާން ފަރުބަދަ ހުރެއެވެ. އަދި މިފަރުބަދަތައް ހިމެނެނީ "ރިންގ އޮފް ފަޔަރ" އޭ ކިޔޭ ބިންހެލުން ގިނައިން އަންނަ ސަރަހައްދުކަމުގައި ކަމަށް ވުމުން، ދޭތެރެއަކުން އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާ ހިނގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން