އިސްރާއީލާއި ޔޫކްރެއިނަށް އެހީވުމަށް 95 ބިލިޔަން ޑޮލަރުގެ އެހީ ދިނުމަށް އެމެރިކާގެ ސެނެޓުން ފާސްކޮށްފިއެވެ.
އެމެރިކާގެ ސެނެޓުން ފާސްކުރި މިބިލްތަކުގެ ތެރެއިން 3 ބިލުގައި، ޔޫކްރެއިނަށް އެހީވުމަށް 61 ބިލިޔަން ޑޮލަރު، އިސްރާއީލަށް އެހީވުމަށް 26 ބިލިޔަން ޑޮލަރު އަދި ކޮމިއުނިސްޓް ޗައިނާ އާއި ދެކޮޅަށް މަސައްކަތް ކުރުމަށް 8.12 ބިލިޔަން ޑޮލަރު ކަނޑައަޅާފައިވެއެވެ.
މީގެއިތުރުން ފާސްކުރި ބިލުގައި ޓިކްޓޮކް ބޭން ކުރުމާއި، ޔޫކްރެއިނުން ހިފާފައިވާ ރަޝިޔާގެ މުދާ ޔޫކްރެއިންއަށް ބަދަލުކުރުން އަދި އިރާންއަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިފައިވެއެވެ. މިބިލްތައް ތަސްދީދު ކުރަައްވާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ވިދާޅުވެފައެވެ.
އެމެރިކާއިން އިސްރާއީލާއި ޔޫކްރެއިނަށް ފޯރުކޮށްދޭން ނިންމި މި އެހީގެ ޕެކޭޖަކީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން އިސްރާއީލް އަދި ޔޫކްރެއިންއަށް ދެވޭނެ އެންމެ ފަހު އެހީގެ ޕެކޭޖްކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު