އިންޑިއާއިން މިޔަންމާގެ 38 ރެފިއުޖީން ޑިޕޯޓު ކޮށްލައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަނީޕޫރްގެ ޗީފް މިނިސްޓަަރ އެން. ބިރެން ސިންގ ވިދާޅުވީ އެއްވެސް ތަފާތުކުރުމެއްނެތި، އިންޑިއާގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ މިޔަންމާގެ ރައްޔިތުން ޑީޕޯޓު ކުރުމުގެ ފުރަތަމަ ފިޔަވަހި ނިމިފައިވާކަމަށެވެ. އަދި ސްޓޭޓް ސަރުކާރުން ގަވާއިދާ ހިލާފަށް އިންޑިއާގައި ދިރިއުޅެމުންދާ މީހުން ދެނެގަތުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ވިދާޅުވެފައި ވެއެވެ.
2021ގައި މިޔަންމާގައި ހިނގި ބަގާވާތާއި ގުޅިގެން އިންޑިއާއަށް ވަނީ މިޔަންމާގެ އެތައް ހާސް ރައްޔިތުން ރައްކާތެރިކަން ހޯދަން އެތެރެވެފައެވެ. އިންޑިއާގެ ސަރުކާރުން ވަނީ އިންޑިއާއި އިންވެގެން އޮންނަ މިޔަންމާގެ ބޯޑަރުގައި ފެންސުޖަހާ ބަންދުކޮށް، ވިސާއާއި ނުލާ އުުޅެވޭގޮތް ނިމުމަކަށް ގެންނާނޭކަމަށް ބުނެފައެވެ.
އިންޑިއާ އިން ރެފިއުޖީންގެ ހައްގުތަކާއި އެ ހައްގުތައް ހިމާޔަތް ކުރުމަށް ދައުލަތްތަކުގެ ޒިންމާތައް ބަޔާންކޮށްފައިވާ އ.ދ ގެ މުއާހަދާގައި ސޮއި ކޮށްފައެއް ނުވެއެވެ. މިހެންކަމުން، އިންޑިއާގެ ގާނޫނު އަސާސީގައި އެކަން ހިމެނިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު