އިންޑިއާގެ ޖަނަތާ ދަލް ޕާޓީގެ ލީޑަރު އެޗް.ޑީ ރެވަންނަ ކިޑްނެޕިންގ ތުހުމަތުގައި ހައްޔަރު ކޮއްފިއެވެ.
ރެވަންނަ އަށް ތުހުމަތު ކުރެވެނީ އޭނާގެ ގޭގައި މަސައްކަތް ކުރަން އުޅުނު އަންހެނެއް ކިޑްނެޕްކޮށް އެ އަންހެން މީހާއަށް ޖިންސީ ގޯނާ ކުރިކަމަށެވެ. ރެވަންނަ ގެ ދަރި ޕްރަޖްވަލް ރެވަންނަ އަށް ވެސް ވަނީ އެ އަންހެން މީހާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކޮއްފައެވެ. ޕްރަޖްވަލް އަކީ ވެރިކަން ކުރާ ބީ.ޖޭ.ޕީގެ ފަރާތުން ލޯކް ސަބާ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓެކެވެ.
ފުލުހުން ވަނީ ކިޑްނެޕް ކޮއްފައިވާ އަންހެން މީހާ ހޯދާފައެވެ. އޭނާ ފެނިފައިވަނީ ރެވަންނަގެ ގާތް މީހެއްގެ ފާރމްހައުސް އަކުންނެވެ. މި އަންހެން މީހާ ވަނީ ޕްރަޖްވަލް ރެވަންނަގެ ބަދުުއަހްލާގީ ވީޑިއޯ ތަކުން ފެނިފައެވެ. ޕްރަޖްވަލް އާއި ދެކޮޅަށް ބެންގަލޫގެ ސްޕެޝަލް ކޯޓެއްގައި ދަނީ އެ ވީޑިއޯ ތަކާއި ބެހޭގޮތުން މައްސަލަ ހިނގަމުންނެވެ.
ރެވަންނަ އަކީ ކުރިން ކަރްނާޓަކާގައި މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިވަގުތު ކަރްނާޓަކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު