މިދިޔަ އަހަރުގެ ޖޫން 18 ގައި ކެނެޑާގައި މަރާލި ހަރްދީޕް ސިންގ ނިއްޖާރް މަރާލިކަމަށް ތުހުމަތުކުރެވޭ އިންޑިއާގެ ތިން މީހުން ކެނެޑާގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
ރޯޔަލް ކެނޭޑިއަން މައުންޓެޑް ޕޮލިސްގެ ސުޕްރިންޓެންޑެންޓް މަންދީޕް މޫކާރ މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވީ ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ކަރަންޕްރީތް ސިންގ، 22 އަހަރުގެ ކަމަލްޕްރީތް ސިންގ އަދި 22 އަހަރުގެ ކަރަން ބްރަރް އެވެ. މި މީހުން ހައްޔަރު ކޮށްފައިވަނީ ކެނެޑާގެ އެޑްމޮންޓަންއިންއެވެ. އަދި އިތުރަށް މައުލޫމާތު ދެމުން މޫކަރ ވިދާޅުވީ މި ކޭސްއާއި ގުޅިގެން ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު މީހުން ހައްޔަރު ކުރާނެ ކަމަށެވެ.
މިކަމާ ބެހޭގޮތުން އިންޑިއާ ސަރުކާރުގެ ފޮރިން މިނިސްޓަރ ސުބްރަމާނިޔަމް ޖައިޝަންކަރް ވިދާޅުވީ ހަބަރުތަކުން އެ އަދާހަމަ މައުލޫމާތު ފެނިވަޑައިގެންފައިވާ ކަމަށާއި ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ހައްޔަރުކޮށްފައިވާ އިންޑިއާގެ މީހުންނަކީ ގޭންގަކަށް ނިސްބަތްވާ މީހުންނެވެ. އޭނާ އިތުރަށް ވިދާޅުވީ ކެނެޑާގައި އިންޑިއާގެ ގޭންގުތައް އަދި ހާއްސަކޮށް ޕަންޖާބް ގެ ގޭންގުތައް ހަރަކާތްތެރިވާން މަގުފަހިވެފައި އޮތްކަމަށެވެ.
ނިއްޖާރް އަކީ އިންޑިއާއިން ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅާފައިވި މީހެކެވެ. ކެނެޑާގެ ސަރުކާރުން ވަނީ ނިއްޖާރް މަރާލުމުގައި އިންޑިއާ ސަރުކާރުގެ އަތެއްްވާކަމަށް ތުހުމަތު ކޮށްފައެވެ. އަދި މި ތުހުމަތުތަކާއި ގުޅިގެން ދެގައުމުގެ ގުޅުން ހީނަރުވެގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު