އިސްރާއީލުގައި ހިންގާ އަލްޖަޒީރާގެ އޮފީސްތައް ބަންދުކުރަން އިސްރާއީލުގެ ސަރުކާރުން އެ މީޑިއާއަށް އަންގައިފިއެވެ.

މި އެންގުމާއި ގުޅިގެން އަލްޖަޒީރާއިން ވަނީ އިސްރާއީލުގައި ބްރޯޑްކާސްޓްކުރުން ހުއްޓާލާފައެވެ. އަދި އިސްރާއީލްގެ ސަރުކާރުންވަނީ އަލްޖަޒީރާގެ ބްރޯޑްކާސްޓްކުރަން ބޭނުންކުރާ ސާމާނު އެ ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އަލްޖަޒީރާއިން ދަނީ އިސްރާއީލުން ފަލަސްތީނުގައި ހިންގާ އުދުވާންތައް ވަރަށް ގާތުން ކަވަރު ކުރަމުންނެވެ. މި ހަނގުރާމަ ކަވަރު ކުރުމުގެ ތެރޭގައި އެ މީޑިއާގެ ބައެއް ނޫސްވެރިން ޝަހީދުވެ އަދި ބައެއް ނޫސްވެރިން ވަނީ ޒަހަމްވެފައެވެ.

މިއީ އިސްރާއީލުގައި ހިންގާ ބޭރުގެ މީޑިއާއެއް ބަންދުކުރަން އެންގި ފުރަތަމަ ފަހަރެވެ. އަލްޖަޒީރާއިން ގެނެސްދޭ ރިޕޯޓުތަކަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔަހޫގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން