ބަންގްލަދޭޝްގައި ހޫނުގަދަވުމުގެ ސަބަބުން ބަންދުކުރި ސްކޫލުތަށް ހުޅުވައިފިއެވެ.
ބަންދު ކުރިތާ ހަފްތާއެއްހާ ދުވަސް ފަހުން ބަންގްލަދޭޝްގެ ސްކޫލުތަށް ހުޅުވަން ނިންމާފައިވަނީ ދަރިވަރުންގެ އިމްތިހާނުތަށް ކައިރިވެފައިވާތީއެވެ. ބަންގްލަދޭޝްގެ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި ކަރިކިއުލަމް ނިންމަން ހޮނިހިރު ދުވަހުވެސް ކްލާސްތަށް ބާއްވާނެއެވެ. މި އިމްތިހާންތަކުގައި 33 މިލިއަން ދަރިވަރުން ބައިވެރިވާނެއެވެ.
ހުސްވިހަފްތާގައި ބަންގްލަދޭޝްގެ ސްކޫލުތަށް ބަންދުކޮށްފައިވަނީ މިދިޔަ 70 އަހަރު ދުވަހުގެ ތެރޭގައި މައްޗަށް ނުދާ މިންވަރަށް ހޫނު މިން މައްޗަށް ދިއުމުންކަމަށް ކަމާ ބެހޭ އިދާރާ ތަކުން ހާމަކޮށްފައިވެއެވެ. އެގޮތުން ހޫނުމިން 43.8 ޑިގްރީ ސެލްސިއަސް އަށް މަތިވިކަމަށް ބަންގްލަދޭޝްގެ މޫސުމާ ބެހޭ ރިކޯޑުތައް ދައްކައެވެ.
ހުސްވި ހަފްތާގައި ހޫނުގަދަވުމުގެ ސަބަބުން ބަންގްލަދޭޝްގެ އެކި ސަރަހައްދުތަކަށް ފެން ލިބުން ދަތިވެ ގިނަގިނައިން ކަރަންޓު ކެނޑުމުގެ މައްސަލަވެސް އިތުރުވެގެންދިޔައެވެ.
ސައިންސްވެރިން ބުނާގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ހޫނު މޫސުމުގައި ހޫނު އިހްސާސް ކުރެވޭ މިންވަރު މިއަހަރު އިތުރު ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު