ހޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ކެމަރޫން ޑިއާޒް، ފިލްމް ކުޅުން ހުއްޓާލި ސަބަބު ހާމަ ކޮށްފިއެވެ

ގްވީނެތް ޕެލްޓްރޯސްގެ "އިން ގޫޕް ހެލްތް" އޮންލައިން ޝޯގައި ކެމެރޫން ބުނެފައިވަނީ އޭނާ ފިލްމް ކުޅުން ހުއްޓާލިފަހުން އޭނާއަށް ވަރަށް ބޮޑަށް ހިތްހަމަ ޖެހުމާއި ހަމަހިމޭންކަން ލިބިފައިވާ ކަމަށާއި ކުރިން އެއްވެސް ވަރަކަށް އަމިއްލާ ދިރިއުޅުމާއި މެދު ވިސްނާނެ ވަގުތު ވެސް ނުލިބޭކަމަށެވެ. އޭނާ ފިލްމު ކުޅުމާދުރަށް ދިޔަ މައިގަނޑު ސަބަބަކީ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ވަގުތު ހުސްކުރުން ކަމުގައިވެސް އޭނާބުނެފައިވެއެވެ.

" އަހަރެން ނިންމީ މިހާރު އަހަރެންގެ ދިރިއުޅުމަށް އެހެން ކަމެއް ކުރަން ބޭނުން ވެއްޖެކަމަށް. ފިލްމީދާއިރާއަށް ގިނަގުނަ މަސައްކަތެއް އަހަންނަށް ވެސް ވަނީ ކޮށްދެވިފަ އި. އެކަމުގެ ސަބަބުން އަމިއްލަ ނަފުސަށް އެއްވެސް ކަމެއް ކުރެވިފައެއްނެތް." ގްވީނެތް ކުރި ސުވާލަކަށް ޖަވާބު ދެމުން ކެމަރޫން ބުނެފައިވެއެވެ.

ގޯލްޑަން ގުލޯބަލް އެވޯޑުތަކަށް ވެސް ނޮމިނޭޓުވި އުމުރުން 47އަހަރުގެ ކެމަރޫން ގެ 20 އަހަރުގެ ކެރިއަރުގައި އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ ފިލްމް ތަކަކީ "ދަ މާސްކް" (1994)، "ދެއާސް ސަމްތިންގް އަބައުޓް މެރީ" (1998) އަދި " ވެނީލާ ސްކައި" (2001)އެވެ.

ކާމިޔާބު ކެރިއަރަކުން ދުރަށް ދިޔުމުން ކުރެވެނީ ކޮންކަހަލަ އިހްސާސްތަކެއްތޯ އެހުމުން ކެމަރޫން ބުނެފައިވަނީ އޭނާއަށް ހަމަހިމޭންކަން ލިބިގެންދިޔަކަމަށާއި އަދި އޭނާއަށް މިހާރު އަމިއްލަ ނަފްސަށް ވަރަށް ރަނގަޅަށް ބެލޭ ކަމަށެވެ.

ކުރީގެ ފިލްމީތަރި ކެމަރޫން ބުނީ ފިލްމެއް ޝޫޓްކުރަމުންދާއިރު އެއްވެސް އެހެން ކަމަކަށްވިސްނާނެ ވަގުތު ނުވާކަމަށާއި މެދު ނުކެނޑި 12 ގަޑިއިރު ޝޫޓިން ގައި ހޭދަ ކުރަންޖެހުމުން އަމިއްލަ ދިރިއުޅުން ތަރުތީބު ކޮަށްލާން ފުރުސަތު ކުޑަ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

2015 ގައި ގުޑް ޝާލަޓްގެ ލަވަކިޔުންތެރިޔާ ބެންޖީ މޭޑަންއާ ކައިވެނި ކޮށް މިހާރު އެކައިވެންޏަށް ދަރިއަކުލިބި އުފާވެރި ދިރިއުޅުމެއްގައި އުޅެމުންދާ ކެމަރޫން ވަނީ ދެ ވާހަކަ ފޮތެއްވެސް ލިޔެ ޗާޕުކޮށް އާންމު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން