އިރާންގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަ ވުމާއި ގުޅިގެން ދުނިޔޭގެ އެކި ފެންވަރުގެ ލީޑަރުން ތަޢުޒިޔާއާއި ހަމްދަރުދީގެ މެސެޖުތައް ފޮނުވަން ފަށައިފިއެވެ.
އެކުވެރި އަރަބި އިމާރާތް؛
އެކުވެރި އަރަބި އިމާރާތުގެ ރައީސް ޝެއިޚް މުޙައްމަދު ބިން ޒައެދް އަލް ނަޙްޔާން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އިރާންގެ ރައީސް އިބްރާހިމް ރައީސީ، ޙާރިޖީ ވަޒީރު ހުސެއިން އާމިރު އަބްދުﷲ ހިއާން އަދި އެބޭފުޅުންނާއި އެކު ދަތުރުފުޅު ކުރެއްވި ހުރިހާ ބޭފުޅުން އަވަހާރަވުމާއި ގުޅިގެން އިރާންގެ ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވާ ކަމަށެވެ. އަދި އެބޭފުޅުންގެ ފުރާނަ ފުޅަށް ރަހުމަތް ލައްވައި އާއިލާއަށް ކެއްތެރިކަން ދެއްވުމަށް ދުޢާ ކުރައްވާފައި ވެއެވެ.
އިންޑިއާ؛
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިރާންގެ ރައީސް ޑރ ސައްޔިދު އިބްރާހިމް ރައީސީ އަވާހަރަވުމުން ފުންހިތާމައާއެކު ޝޮކެއް ލިބިވަޑައިގެންނެވި ކަމަށެވެ. އިންޑިއާ އަދި އިރާންގެ ގުޅުން ވަރުގަދަ ކުރުމަށް ރައީސީ ކުރެއްވި މަސައްކަތްތައް އަބަދުވެސް ހަނދުމަފުޅު ހުންނާނޭ ކަމަށް މޯދީ ވިދާޅުވިއެވެ. އަދި މޯދީ ވަނީ އެމަނިކުފާނުގެ އާއިލާ އަދި އިރާންގެ ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މި ހިތާމަވެރި ވަގުތު އިރާން އާއި އެކު އިންޑިއާ އޮތް ކަމަށްވެސް މޯދީ ވިދާޅުވިއެވެ.
ތުރުކީ ވިލާތް؛
ތުރުކީގެ ރައީސް ރަޖެބް ތައްޔިބް އުރުދުޣާން ވިދާޅުވީ އިރާންގެ ރައްޔިތުންނާއި ސަރަޙައްދީ ސުލްހައަށް ރައީސީގެ ވެރިކަމުގައި މަސައްކަތް ކުރެއްވިތަން ގާތުން ދެކެވަޑައިގެންނެވި ބޭފުޅެއްގެ ހައިސިއްޔަތުން ރައީސީގެ މަތިން ހަަނދުމަފުޅު ކުރައްވާނީ އިޙްތިރާމާއި ޝުކުރާއެކު ކަމަށެވެ.
އިރާގް؛
އިރާންގެ ރައީސް އިބްރާހިމް ރައީސީ، ޚާރިޖީ ވަޒީރު އާމިރު އަބްދުﷲ ހިއާން އަދި އެބޭފުޅުންނާއި އެކު ދަތުރު ކުރެއްވި ހުރިހާ ބޭފުޅުން ހެލިކޮޕްޓަރު ވެއްޓުމާއި ގުޅިގެން އަވަހާރަވި ޚަބަރު އަޑު އެއްސެވީ ފުން ހިތާމައާއި އެކު ކަމަށް އިރާގުގެ ބޮޑުވަޒީރު މުޙައްމަދު ޝިއާ އަލް ސުދާނީ ވިދާޅުވިއެވެ. އަދި މި ހިތާމައިގެ ދަނޑިވަޅުގައި އިރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއާއި އިރާންގެ ސަރުކާރާއި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވިއެވެ.
މިސްރު؛
މިސްރުގެ ރައީސް އަބްދެލް ފައްތާހް އެލް-ސީސީ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އަވަހާރަވެފައިވާ އިރާންގެ ރައީސް އާއި އިތުރު ބޭފުޅުންނަށް މާތް ރަސްކަލާނގެ ހެއު ނިއުމަތް ލެއްވުމަށާއި އާއިލާތަކަށް ކެއްތެރިކަން ދެއްވުމަށް ދުޢާ ކުރައްވާ ކަމަށެވެ. އަދި މިދަނޑިވަޅުގައި އިރާންގެ ސަރުކާރާއި ރައްޔިތުންނާއި އެކު މިސްރު އޮތް ކަމަށްވެސް ވިދާޅުވިއެވެ.
އުރުދުން؛
އުރުދުންގެ ރަސްގެފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އަވަހާރަވި އިރާންގެ ރައީސް އިބްރާހިމް ރައީސީ، ޚާރިޖީ ވަޒީރު އާމިރު އަބްދުﷲ ހިއާން އަދި އެބޭފުޅުންނާއިއެކު ދަތުރުކުރެއްވި ބޭފުޅުންނަށް ރަޙުމަތް ލެއްވުމަށް އެދިވަޑައިގެން ދުޢާ ކުރައްވާފައި ވެއެވެ. އަދި މި ދަތި ވަގުތު އިރާން އާއި އެކުވާ ކަމަށް ވެސް ވިދާޅުވިއެވެ.
މެލޭޝިއާ؛
އ.ދގެ އާންމު މަޖިލީހުގެ ހަވާސާގައި ނޮވެމްބަރު މަހު ބައްދަލުވެ ދެކެވުނު ވާހަކަތަކުން އެމަނިކުފާނު އިރާންގެ ރައްޔިތުންގެ ހެވާއި ލާބައަށާއި އިރާންގެ ކަރާމާތް ހިފެހެއްޓުމަށް މަސައްކަތް ކުރައްވާ މިންވަރު ހާމަވެގެން ދިޔަ ކަމަށެވެ. އަދި އިސްލާމީ އުއްމަތް ކުރިއަރުވަން ކުރެއްވި މަސައްކަތްތަކަކީ ނަމޫނާއެއް ކަމަށް މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރް އިބްރާހިމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
ސީރިޔާ؛
ސީރިޔާގެ ރައީސް ބައްޝާރުލް އައްސަދު ނެރުއްވި ތަޢުޒިޔާގެ މެސެޖުގައި ރައީސީ އާއިއެކު ސީރިޔާ އަދި އިރާންގެ ގުޅުން ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރެއްވުނު ކަމަށް ވިދާޅުވެފައި ވެއެވެ. އަދި ސީރިޔާއިން އިރާން އާއި އެކު މި ދަނޑިވަޅުގައި ތިބޭނެކަމަށް ވިދާޅުވިއެވެ.
ޕާކިސްތާން؛
ޕާކިސްތާނުން ވަނީ އިރާންގެ ރައީސް އަވަހާރަވުމާއި ގުޅިގެން ޕާކިސްތާނުގެ ދިދަ ބައިދަނޑިއަށް ތިރިކޮށް ހިތާމައިގެ ދުވަހެއް ފާހަކުރާނޭކަން އިއުލާން ކޮށްފައެވެ.
ޕާކިސްތާނުގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންގެ ތަޢުޒިޔާ އިރާން އާއި އަވަހާރަވި ބޭފުޅުންގެ އާއިލާތަކަށް ދަންނަވާކަމަށެވެ.
ރަޝިޔާ؛
ރަޝިޔާގެ ރައީސް ވަނީ ރައީސީގެ ހިދުމަތަށް ތައުރީފް ކުރައްވާފައެވެ. އަދި އިރާން އަކީ ރަޝިޔާގެ ހަޤީޤީ އެކުވެރިއެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ސްރީ ލަންކާ، ވެނެޒުއޭލާ އަދި ޖަޕާން ގެ ވެރިންވެސް ވަނީ ތަޢުޒިޔާގެ މެސެޖުތައް ފޮނުވާފައެވެ. އަދި ހަމާސް، ޔަމަނުގެ ހޫތީން އަދި ހިޒްބުﷲއިންވެސް ވަނީ ތައުޒިޔާގެ މެސެޖްތައް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު