ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ ގަރާރެއް އަލްޖީރިޔާއިން އދ ގެ ސަލާމަތީ މަޖލީހަށް ހުށައަޅަން ނިންމައިފިއެވެ.
އަލްޖީރިޔާއިން ހުށައަޅާ ގަރާރުގައި ބުނެފައިވަނީ ވަގުތުން ވަގުތަށް ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލައި ރަފާގައި އިސްރާއީލުން ކުރިޔަށް ގެންދާ އަސްކަރީ ހަރަކާތްތަށް ނިންމާލުމަށެވެ. މީގެ އިތުރުން ގަރާރުގައި ހިމެނެނީ ހަމާސްއިން ރަހީނުކޮށްފައިވާ އިސްރާއީލުގެ ރައްޔިތުން ދޫކޮށްލައި ޢައްޒާގެ ބޯޑަރުތައް ހުޅުވާލައި އިންސާނީ އެހީތެރިކަން ޣައްޒާއަށް ވައްދައިދިނުމަށެވެ.
މި ގަރާރުގައި އާންމު ރައްޔިތުންނަށާއި އާންމުން ބޭނުންކުރާ އިމާރާތްތަކަށް ހަމަލާދިނުން ހަރުކަށި އިބާރާތުން ކުއްވެރިކުރެއެވެ. އަދި ހަނގުރާމައިގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ބައިނަލަޤްވާމީ ގާނޫނުތަކަށް އަމަލު ކުރުމަށްވެސް ގޮވާލާފައި ވެއެވެ.
މި ގަރާރަށް ވޯޓުނެގުން ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ކުރިޔަށް ދާނެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެން ހުއްޓުމެއް ނެތި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 36000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ. އަދި އެތަކެއް ބަޔަކު ވަނީ ބޭސްފަރުވާ އާއި ކާބޯތަކެއްޗަށްވެސް ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު