އުތުރު ކޮރެއާއިން ދެކުނު ކޮރެއާއަށް ފުއްޕާހަމުގައި އެލުވުމަށްފަހު ކުނި ފޮނުވަން ފަށައިފިއެވެ.

އުތުރު ކޮރެއާއިން މި ކަން ކުރަނީ ދެކުނު ކޮރެއާގެ ޖަމިއްޔާއަކުން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން އާއި ދެކޮޅަށް ތައްޔާރުކޮއްފައި ހުރި ލިޔެކިޔުންތަކެއް، ފުއްޕާހަން މެދުވެރިކޮށް އުތުރު ކޮރެއާއަށް ފޮނުވަމުން ގެންދާތީކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އުތުރު ކޮރެއާއިން ވަނީ ދެކުނު ކޮރެއާގެ އެއަމަލު ނުހުއްޓައިފިނަމަ، ދެކުނު ކޮރެއާ ކުނިން ފުރާލާނޭ ކަމަށް ބުނެފައެވެ.

ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ވަނީ މި ކުނިތަށް ދިރާސާކޮށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ބުނެފައިވެއެވެ.

ފުއްޕާހަމުގައި އެއްޗެހި ހަރުކޮށް އެއްގައުމުން އަނެއްގައުމަށް ފޮނުވުމަކީ ފިނި ހަނގުރާމައިގެ ދުވަސްވަރުން ފެށިގެން ދެ ކޮރެއާއިން ވެސް ކުރަމުން އައިކަމެކެވެ. މީގެ އިތުރުން ތާޅަފިލި ބޭނުންކޮށްގެން އަޑުގަދަކުރުމާއި ބިލްބޯޑު ހަރުކޮށް އެއްަޔަކު އަނެއްބަޔަކަށް ޖެއްސުން ކުރުން ހިމެނެއެވެ.

މީގެ ކުރިން 2016 އަދި 2017 ގައި ވެސް އުތުރު ކޮރެއާއިން ވަނީ ދެކުނު ކޮރެއާއަށް ފުއްޕާހަމުގައި ކުނި އަދި ލީފްލެޓް ފޮނުވާފައެވެ. ނަމަވެސް އޭގެ ފަހުން ދެ ކޮރެއާއިން ވަނީ މިކަހަލަ ކަންތައް ނުކުރާން އެއްބަސްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން