ސްލޮވޭނިއާ ސަރުކާރުން ފަލަސްތީނަކީ މިނިވަން ދައުލަތެއްކަމަށް ބަލައިގަތުމަށް ނިންމައިފިއެވެ.

ފަލަސްތީނަކީ މިނިވަން ދައުލަތެއްކަމަށް ބަލައިގަތުމަށް ނިންމިކަން އިއުލާންކޮށްދެއްވާ ވާހަކަ ދައްކަވަމުން، ސްލޮވޭނިއާގެ ބޮޑު ވަޒީރު ރޮބާޓް ގޮލޮބް ވިދާޅުވީ ހުރިހާ ގައުމުތަކުންވެސް ސުލްހައިގެ މަގުގައި ހަރަކާތްތެރިވާން ޖެހޭ ކަމަށެވެ. އަދި ފަލަސްތީނަށް ސުލްހަވެރިކަމަށް ވާސިލްވެވެން އޮތީ 2 ދައުލަތެއް ގާއިމް ކޮށްގެން ކަމަށްވެސް ގޮލޮބް ވިދާޅުވިއެވެ.

"މިއީ އެއްވެސް ފަރާތަކާއި ދެކޮޅަށް ނިންމާ ނިންމުމެއް ނޫން. މިއީ ސުލްހައަށް ދޭ މެސެޖެއް" ގޮލޮބް ވިދާޅުވިއެވެ.

ސްލޮވޭނިއާގެ ސަރުކާރުން ފަލަސްތީނަކީ މިނިވަން ދައުލަތެއްކަމަށް ބަލައިގަތުމަށް ނިންމައި ގާނޫނު ހަދާ މަޖިލީހަށް ވަނީ މި ނިންމުން ރަސްމީ ކޮށްދިނުމަށް ފޮނުވާފައެވެ. ސްލޮވޭނިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އޮންނަނީ ބޮޑު ވަޒީރު ގޮލޮބް ނިސްބަތްވާ ޕާޓީ އަށެވެ.

ސްލޮވޭނިއާގެ ސަރުކާރުގެ މިނިންމުމާ ގުޅިގެން އިސްރާއީލުގެ ފޮރިން މިނިސްޓަރ އިސްރާއީލް ކަޓްޒް ވަނީ ސްލޮވޭނިއާ ސަރުކާރުގެ ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް ވިދާޅުވެ، ސްލޮވޭނިއާގެ ގާނޫނު ހަދާ މަޖިލީހުން މިކަން ބަލައި ނުގަތުމަށް ގޮވާލާފައެވެ.

ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި 143 ގައުމަކުން ބަލައިގަނެފައި ވެއެވެ. އޭގެ ތެރޭގައި ޔޫރަޕުގެ އިއްތިހާދުގެ 10 ގައުމެއްވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ރަޝީދު 606

22-Jun-2024

ސްލޮވޭނިއާ ސަރުކާރަށް ޝުކުރު ދަންނަވަން. ޝުކުރިއްޔާ ސްލޮވޭނިއާ ސަރުކާރު .



ޓްރެންޑިން