އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ބައެއް ދައުވާތައް ސާބިތުވެއްޖެއެވެ.

ޓްރަމްޕާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ސާބިތުވެފައިވަނީ ވިޔަފާރީގެ ލިޔެކިޔުންތައް އޮޅުވާލައިގެން ހުށަހެޅުމާއިގުޅިގެން އުފުލާފައިވާ 34 ދައުވާއެވެ. މި ދައުވާތަކުގެ ތެރޭގައި ބަރަހަނާ ފިލްމު ކުޅޭ ސްޓޯމީ ޑެނިއެލްސް އާއި ޓްރަމްޕާއި އޮތް ގުޅުން ސިއްރު ކުރަން ސްޓޯމީއަށް ފައިސާ ދިން ކަމުގެ މައްސަލައެއް ވެސް ހިމެނެއެވެ. މީގެ ކުރިން ޓްރަމްޕް ބުނެފައިވަނީ ސްޓޯމީއަކީ ދަންނަ މީހެއް ނޫން ކަމަށާއި އޭނާއަށް ފައިސާ ވެސް ދީފައި ނުވާނެ ކަމަށެވެ.

މި މައްސަލައިގައި ހުކުމް ކުރުން ޖުލައި މަހު އޮންނައިރު، ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި މި ކުށް ސާބިތުވުމުން އޭނާގެ މައްޗަށް އަންނާނީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް މިހާރު އެ އަދަބު އޭނާގެ މައްޗަށް ނާންނާނެ ކަމަށާއި ބޮޑަށް ބެލެވެނީ އޭނާގެ މައްޗަށް އަންނާނީ ޖޫރިމަނާއެއް ކަމަށް ބައެއް ރިޕޯޓްތަކުން ބުނެއެވެ.

ޓްރަމްޕަކީ ޖިނާއީ މައްސަލައެއްގައި ކުށް ސާބިތުވި އެމެރިކާގެ ކުރީގެ ރައީސުންގެ ތެރެއިން ފުރަތަމަ ރައީސްކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން