ގޫގުލްއިން މެލޭޝިޔާގައި ޑޭޓާ ސެންޓަރެއް ގާއިމްކުރަން 2 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފިއެވެ.

ގޫގުލްގެ ޗީފް ފައިނޭންޝަލް އޮފިސަރ ރުތު ޕޯރަތު ވިދާޅުވީ މެލޭޝިއާގައި އެ ކުންފުނިން ކުރާ އިންވެސްޓުމަންޓުން އެ ކުންފުނީގެ ކްލައުޑް ސާވިސް އަށް ލުއި ފަސޭހަ ވެގެންދާނެއެވެ. އެގޮތުން މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގެ ހުޅަނގުގައި އޮންނަ ބިޒްނަސް ޕާކުގައި ހަދާ މި ޑޭޓާ ސެންޓަރުގައި ގޫގުލްގެ ސާރޗް، މެޕްސް އަދި ވޯކް ސްޕޭސްގެ މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ.

ގޫގުލްގެ އިތުރުން މައިކްރޮސޮފްޓް އިން ވެސް ވަނީ ކްލައުޑް ކޮމްޕިއުޓިން އާއި އޭއައި އަށް 2.2 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް މެލޭޝިއާގައި ކުރަން ނިންމާފައިވާ ކަން މިދިޔަ މަހު އިއުލާނުކޮށްފައެވެ. އެމެޒަންގެ ކްލައުޑް ކޮމްޕިޔުޓިންގެ ގާބިލުކަން އިތުރުކުރަން ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައިި 9 ބިލިއަން ޑޮލަރު މެލޭޝިއާގައި އިންވެސްޓުކުރާނެ ކަމަށް ބުނެފައި ވެއެވެ.

މެލޭޝިޔާއަކީ ގިނަ ވިޔަފާރި އަޒް ފަހި ގިނަ ބަޔަކު ވިޔަފާރި ހިންގާ ގައުމެކެވެ. އެ ގައުމުގެ ގާނޫނުތަކުން އިންވެސްޓަރުންނަށް ގިނަ ގުނަ ފައިދާތަކެއް ލިބިދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން