ސައުދީ އަރަބިއްޔާ އަދި ޗައިނާގެ ހާރިޖީ ވަޒީރުން ބައްދަލު ކުރައްވައިފިއެވެ.

ސައުދީގެ ހާރިޖީ ވަޒީރު ވަލީއަހުދު ފައިސަލް ބިން ފަރްހާން ޗައިނާގެ ހާރިޖީ ވަޒީރު ވަންގް ޔީ އާއި ބައްދަލުކުރެއްވީ ހުކުރު ދުވަހު ޗައިނާގެ ވެރިރަށް ބެއިޖިންގަ އެވެ. މި ބައްދަލުވުމަކީ ސައުދީގެ ހާރިޖީ ވަޒީރު ވަލީއަހުދު ފައިސަލް ބިން ފަރްހާން މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެެ.

މި ބައްދަލުވުމުގައި ސައުދީ އާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން އެކުގައި މަސައްކަތް ކުރުމަށް ދެފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދެގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ކޯޑިނޭޝަން ހަރުދަނާކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ގޮތުން މިހާރު ހިނގަމުންދާ ކަންކަމާއި، އެކަންކަން ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ދެފަރާތުން ވެސް ޚިޔާލު ބަދަލުކުރެއްވިއެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް މަޝްވަރާކުރައްވާފައިވަނީ ޣައްޒާގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅޭގޮތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން