އިންޑިއާގެ އާންމު އިންތިޙާބު ކާމިޔާބު ކުރެއްވިއްޖެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިއުލާން ކުރައްވައިފިއެވެ.

މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައްޔިތުން މޯދީ ނިސްބަތްވާ އެންޑީއޭ ކޯލިޝަންއަށް އޮތް އިތުބާރު ދައްކުވައިދީފި ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ލީޑަރޝިޕުގައި ފައްޓަވާފައިވާ ސިޔާސީ މަސައްކަތް ކުރިޔަށް ގެންދާނޭ ކަމުގެ ޔަގީންކަން އިންޑިއާގެ ރައްޔިތުންނަށް ދެއްވިއެވެ.

އިންތިޙާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މޯދީގެ އެންޑީއޭ ކޯލިޝަންއަށް 300 ގޮނޑި ވަނީ ކަށަވަރު ވެފައެވެ. އަދި ރާހުލް ގާންްދީގެ އިންޑިއާ ކޯލިޝަންއަށް 220 ގޮނޑި ވަނީ ކަށަވަރު ވެފައެވެ. ނަމަވެސް އިތުރު ވޯޓު ފޮށިތަށް ގުނަމުންދާތީ މި އަދަދަށް ބަދަލު އައުން އެކަށީގެންވާކަަމަށް ރިޕޯޓުތައް ބުނެއެވެ.



އިންޑިއާގެ އާންމު އިންތިޙާބުގެ ވޯޓުލުން ފެށިފައިވަނީ އޭޕްރީލް 19 ގައެވެ. މި އިންތިޚާބު ގެންދިޔައީ 7 ފިޔަވައްސަކަށް ބަހާލައިގެންނެވެ.

މޯދީ މި އިންތިޚާބު ކާމިޔާބު ކުރެއްވުމުން، މޯދީ ވެވަޑައިގަންނަވާނީ ޖަވާހަރްލާލް ނެހްރޫއަށް ފަހު އިންޑިއާގެ ބޮޑުވަޒީރުކަން ޖެހި ޖެހިގެން 3 ވަނަ ފަހަރު ކުރައްވާ ބޮޑުވަޒީރަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން