އެޗް5 އެން1 ނުވަތަ ދޫނި ރޯގާ ޖެހިގެން މީހަކު މަރުވެއްޖެއެއެވެ.
ދޫނި ރޯގާ ޖެހިގެން މަރުވެފައިވަނީ މެކްސިކޯގެ 59 އަހަރުގެ ފިރިހެނެކެވެ. މިއީ ދުނިޔޭގައިވެސް ދޫނި ރޯގާގެ މި ބާވަތް ޖެހިގެން މަރުވެފައިވާ ފުރަތަމަ އިންސާނާއެވެ. އޭނާއަށް މި ބަލި ޖެހުނީ ކިހިނެއް ކަމެއް އަދި ސާފު ނުވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ބުނެފައިވެއެވެ.
މަރުވި މީހާގެ ކުރިން ހުރި ބަލިތަކާއި ގުޅިގެން އޭނާ މި ބައްޔަށް ހުށައެޅުނު މިންވަރު ބޮޑުވީކަމަށް ވެސް ޑަބްލިއު.އެޗް.އޯއިން ބުނެފައިވެއެވެ.
މި ބައްޔަކީ ޖަނަވާރުގެ މެދުގައި ފެތުރެމުންދާ ބައްޔެކެވެ. މި ބަލީގެ އަލާމާތްތައް މަދުމަދުން ދަނީ އިންސާނުން ގައިން ފެންނަމުންނެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އަންނަނީ މި ބަލިޖެހި ރަނގަޅުވެފައިވާ މީހުންގެ ގައިން އިމިއުނިޓީ ފެނޭތޯ ބަލަމުންނެވެ.
މި ބަލި އާލަމީ ވަބާއަކަށް ބަދަލުވުމުގެ ފުރުސަތު ކުޑަ ކަމަށް ޑަބްލިއު.އެޗް.އޯއިން މައުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު