އެތަކީ އެކަތި އަނެކެއްޗަށް، އެސޮރުމެން އަމިއްލައަށް ދީފައިވާ ވަކިވަކި ނަންތައް ބޭނުންކޮށްގެން ގޮވާ ހަދާ ޖަނަވާރެއްކަން ހޯމަ ދުވަހު އާންމުކުރި ދިރާސާއަކުން ބުނެފި އެވެ.

ޑޮލްފިން އާއި ޕެރޮޓް އެސޮރުމެންގެ އާއިލާގެ އެހެން ބާވަތްތަކުގެ އަޑު ނަކަލުކޮށްގެން އެކަތި އަނެކައްޗާ މުހާތަބު ކުރާތަން ފެނިފައިވާއިރު، އެތަކީ އިންސާނުން ފިޔަވާ މިގޮތަށް ވަކި ނަންތައް ބޭނުންކޮށްގެން މުއާމަލާތު ކުރާ ފުރަތަމަ ޖަނަވާރު ކަމަށް އެނގިފައިވާ ކަމަށް ދިރާސާވެރިން ވަނީ ލަފާކޮށްފަ އެވެ.

މި އާ ދިރާސާއަށް ބައިނަލްއަގްވާމީ ދިރާސާވެރިންގެ ޓީމަކުން އާޓިފިޝަލް އިންޓެލިޖެންސް އެލްގޮރިތަމްއެއް ބޭނުންކޮށްފައިވާއިރު މިކަން ކޮށްފައި ވަނީ ކެންޔާގައި ތިބި އެފްރިކާ ސަވާނާގައި ތިބި އެއްތައް ބޭނުންކޮށްގެންނެވެ.

މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ލިޔުންތެރިޔާ މައިކަލް ޕާޑޯ ވިދާޅުވާގޮތުގައި އެއްތައް މުއާމަލާތު ކުރާއިރު އެކަތި އަނެކައްޗަށް ގޮވަނީ އެސޮރުމެންނަށް ވަކިން ހާއްސަ ނަމަކުންނެވެ. އަދި އެހެން އެތަކަށް ގޮވާނަމަ ދެންތިބި އެއްތައް އިޖާބަ ނުދީވެސް ތިބޭކަން ދިރާސާގައި ފާހަގަ ކުރެވިފައިވި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން