ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގުމާއި ގުޅިގެން ހައްޔަރުކުރި ބައެއް ބިދޭސީން
ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގުމާއި ގުޅިގެން ހައްޔަރުކުރި ބައެއް ބިދޭސީން
ބ.ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި 19 ބަންގްލަދޭޝް މީހުންގެ ބައެއް ވަކީލުން މަސައްކަތް ކުރަނީ ދޮގުވާހަކަ ފަތުރައި ފުލުހުންގެ މުއައްސަސާ ބަދުނާމު ކުރުމަށް ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި، މިމައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު މީހުންނަށް އައްޔަން ކުރެވުނު ބައެއް ވަކީލުން 19 ބިދޭސީންގެ ނަމުގައި، އެ 19 ބިދޭސީންގެ ވަކީލުން ކަމުގައި ބުނެ މީސް މީޑިއާއާއި މީޑިއާގެ އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން މިމައްސަލައިގެ ތަޙްޤީޤާއި، ފުލުހުންގެ މުއައްސަސާއާއި، ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުމާއި ގުޅުވައިގެން ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ފަތުރައި ފުލުހުންގެ މަސައްކަތްތަކާއި މެދު ނުބައި ތަސައްވުރެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައި ވެއެވެ.

ހައްޔަރުކުރެވުނު ބިދޭސީންގެ ތެރެއިން ފަސް މީހަކަށް ދައުލަތުން ވަކީލުން އައްޔަންކޮށްދީފައިވާއިރު އިތުރު ފަސް މީހަކަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން ވަކީލުން ޢައްޔަން ކޮށްފައިވާ ކަމަށާއި މިދެންނެވި 19 ބިދޭސީންގެ ވަކީލުންގެ ނަމުގައި ވަކި ވަކީލުންތަކެއް ވާހަކަ ދައްކާ ނޫސް ބަޔާން ނެރެމުންދަނީ މިމައްސަލައާ ގުޅިގެން ހައްޔަރުކުރެވިފައިވާ 19 ބިދޭސީންގެ ތެރެއިން 10 ބިދޭސީންގެ ވަކީލުންގެ ގޮތުގައި އައްޔަންކޮށްފައިވާ ވަކީލުންނަށް، އެނގުމެއް ނެތިކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

ބޮޑުފިނޮޅުން ހައްޔަރުކުރެވުނު 19 ބިދޭސީންގެ ޤާނޫނީ ވަކީލުންގެ ނަމުގައި މަދު ވަކީލުންތަކެއްގެ ފަރާތުން ތަޙްޤީޤަށް ޤަސްދުގައި ހުރަސްއަޅައި، ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް އުޅޭކަމަށް ބެލެވޭގޮތަށް، މައްސަލައާ ގުޅިގެން ބަންދުގައި ތިބި މީހުންނަށް ނޭނގޭ އެތައް ކަމެއް އެމީހުން ލައްވާ، ތަޙްޤީޤް ރެކޯޑިންގ ތެރޭގައި ބުނުވަން އުޅުމާއި، އެމީހުންނަށް ލިބެންޖެހޭ މުސާރައާއި ބޮޑުފިނޮޅަށް ގެންދިޔަ ކުންފުނީގެ ވާހަކަ ނުދެއްކުމަށް ބުނެ ބަންދުގައި ތިބި މީހުންނަށް މަޖުބޫރުކުރުވާކަން ތަހްގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިހެންކަމުން މިގޮތަށް އަމަލުކުރަމުންދާ ވަކީލުންގެ މައްސަލަ ބާ ކައުންސިލަށް ހުށަހެޅުމަށް ނިންމައިފައިވާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރާ ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުމުގައި އެރަށުގައި މަސައްކަތް ކުރަމުން ގެންދިޔަ ބިދޭސީން ވަނީ އެރަށުގައި ތިބި ދިވެހީންގެ ބަޔަކު ރަހީނުކޮށް އެރަށުގެ މުދަލާ ތަކެއްޗަށް ބޮޑެތި ގެއްލުންތައް ދީފައި ވެއެވެ. ފުލުހުން އެރަށަށް އަރާ ދިވެހީން ސަލާމަތް ކުރަން ކުރި މަސައްކަތުގައި އެމީހުން ވަނީ ފުލުހުންނަށް ވެސް ހަމަލާ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން