ވ. ބޮޑުފިނޮޅު ވިއްކާލީ ގާނޫނާ ހިލާފަށް ކަމަށް ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގު ހުސައިން ވިދާޅުވެއްޖެއެވެ.
ޝިފާގު މިހެން ވިދާޅުވީ، ބޮޑުފިނޮޅު ވިއްކާލި މައްސަލައިގައި ކުރިއަށް ގެންދިޔަ ހަމަހިމޭން އިހުތިޖާޖުގައި ވާހަކަ ދައްކަވަމުންނެވެ.
ޝިފާގް ވިދާޅުވީ، ބޮޑުފިނޮޅު ވިއްކާލުމަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. އެ ފިނޮޅަކީ މުޅި ސަރަހައްދުގެ ލޯކަލް ޓޫރިޒަމާއި ރިސޯޓް ވިޔަފާރިއާއި ޒިޔާރަތްކުރާ ސަފާރީތަކުގެ ޓޫރިޒަމްގެ ވިޔަފާރިއަށް ގެއްލުންވާނެ ކަމެއް ކަމަށާއި، އެހެންކަމުން މުޒާހަރާގެ ބޭނުމަކީ އެ އަޑު ސަރުކާރަށް އިއްވުން ކަމަށް ޝިފާގް ވިދާޅުވިއެވެ.
އޭގެ އިތުރުން ޝިފާޤް ވިދާޅުވީ، ބޮޑުފިނޮޅު ވިއްކާލާފައި ވަނީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށެވެ. ސަބަބަކީ، އަތޮޅެއްގެ ފަޅެއް ދޫކުރެވޭނީ އަތޮޅު ކައުންސިލާ މަޝްވަރާ ކޮށްފައި ކަމަށް ގާނޫނުގައި ބުނާތީ ކަމަށް ޝިފާގު ވިދާޅުވިއެވެ.
ވ. އަތޮޅަކީ ލޯކަލް ޓޫރިޒަމް އެންމެ އަވަހަށް ކުރިއަރާ ދިޔަ އަތޮޅު ކަމަށާއި ބޮޑުފިނޮޅު ބޭނުންކޮށްގެން މުޅި ވ. އަތޮޅުގެ 46 ގެސްޓްހައުސްއިން ވިޔަފާރި ކުރަމުން ދިޔަ ކަމަށް ޝިފާގު ވިދާޅުވިއެވެ. އެހެންކަމުން ބޮޑުފިނޮޅި ވިއްކާލުމުން އެ ވިޔަފާރިތަކަށް އެކަމުގެ ލޮޅުން އަންނާނެ ކަމަށް ޝިފާގު ވިދާޅުވިއެވެ.
ވ. ބޮޑުފިނޮޅާއި އެ ފިނޮޅުގެ ފަޅު ވިއްކާލީ މި މަހުގެ ކުރީކޮޅުގައެވެ. ޖުމުލަ 11.2 މިލިއަން ރުފިޔާއަށް އެ ފިނޮޅު ގަނެފައި ވަނީ ކާނި ހޮޓެލްސް އިންނެވެ.

ކިޔުންތެރިންގެ ހިޔާލު