އިސްރާއީލުން ޣައްޒާއަށް އަރައި އެއްގަމުންނާއި އަދި ވައިގެ މަގުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހި ބަނޑުހައިހޫނުކަން އިންތިހާއަށް ތަހައްމަލް ކުރަމުންދާ 8000 އަށްވުރެ ގިނަ ކުޑަކުދިން އެބަތިބި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފިއެވެ.

ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް ވިދާޅުވީ ޣައްޒާގައި ސީރިއަސް ހާލަތުގައި ފަސް އަހަރުން ދަށުގެ 8000 އަށްވުރެ ގިނަ ކުޑަކުޑިން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާ ކަމަށެވެ.

ޣައްޒާގެ ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި އިސްރާއީލުން އެގައުމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް 250 ދުވަސް ވެފައިވާއިރު މި ހަނގުރާމައިގައި 15،694 ކުދިން މަރުވެ، 17،000 ކުދިން މައިންބަފައިންނާ ވަނީ ވަކިވެފައެވެ.

ހަމަލާތަކުގައި ޣައްޒާގެ ގިނަ ހިސާބުތައް އެއްކޮށް ހަލާކުވެފައިވާއިރު ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަންވެސް ވަނީ އެއްކޮށް ހަލާކުވެފައެވެ.

މިހާރު ހުރި ހޮސްޕިޓަލްތައްވެސް ޒަހަމްވެފައިވާ މީހުންނާއި މަރުވެފައިވާ މީހުން ފުރިފައިވާ ކަމަށް ބޭރުގެ މީޑިޔާ ތަކުން ރިޕޯޓް ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން