ޣައްޒާގެ އުތުރުގެ ހިސާބެއް ކަމަށްވާ ދިއިރުލްބާލާގައި އުމުރުން އެންމެ 14 އަހަރުގެ ކުއްޖަކު ކާން ނުލިބި ބަނޑުހައިހޫނުކަމުގައި މަރުވެއްޖެއެވެ.
އަލްޖަޒީރާއިން ރިޕޯޓް ކުރި ގޮތުގައި ޣައްޒާގެ މި ހިސާބުގައި 200 އަށް ވުރެ ގިނަ ކުޑަ ކުދިން ބަނޑުހައިހޫނުކަން ތަހައްމަލް ކުރަމުންދާއިރު އެ ކުދިންނަށް ކާނޭ އެއްވެސް އެއްޗެއް ނުލިބެއެވެ.
ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ބަނޑުހައިހޫނުކަމާ ކުރިމަތިލާންޖެހިފައިވާއިރު ކާބޯތަކެއްޗާއި ބޭހާއި އެހެނިހެން ތަކެތި ވަރަށް ބޮޑަށް އެގައުމަށް ވަނީ ބޭނުންވެފައެވެ.
އދ.ގެ އިދާރާތަކުން ބުނާ ގޮތުގައި ޖުލައި މަހުގެ މެދުތެރޭގައި ޣައްޒާގެ އެއް މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަނޑުހައިހޫނުކަމުގެ ހާލަތު އެންމެ މަތީ ދަރަޖައަކަށް ކުރިމަތިވާނެ ކަމަށް ލަފާކުރެވެ އެވެ.
ފަލަސްތީނަށް އެހީތެރިވުމަށް އެހީދޭ ޖަމާއަތްތަކާއި ގައުމުތަކުން އެގައުމަށް ފޮނުވާ އެހީގެ ތަކެތި އަދި އަދަށްދާންދެންވެސް ރައްޔިތުންނާ ހަމައަށް އެންމެ ފުރިހަމަ ގޮތުގައި ފޯރާފައި ނުވާއިރު އިސްރާއީލުގެ ރަހުމެއް ނެތް ޔަހޫދީން ދަނީ އެހީގެ ތަކެތި ހިފައިގެން ދާ ޓްރަކްތަކަށް ހަމަލާދެމުންކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު