ޒަޔަނިސްޓް އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން އެގައުމުގައި ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާ 50،000 އަށްވުރެ ގިނަ ކުޑަކުދިން ތިބިކަމަށް އދ އިން ހާމަކޮށްފިއެވެ.

ހޮނިހިރު ދުވަހު އދ އިން ބުނީ ޣައްޒާއަށް އެހީދޭ ހުރިހާ މަގުތަކަށް އިސްރާއީލުން ހުރަސްއަޅަމުންދާތީ އެގައުމުގައި ބަނޑުހައިހޫނުކަން އިންތިހާއަށް ގޮސްފައިވާ ކުޑަކުދިން ތިބި ކަމަށާއި ވަގުތުން ވަގުތަށް އެކުދިންނަށް އެހީ ނުލިބިއްޖެނަމަ ހާލަތު ވަރަށް ގޯސްވާނެކަމަށެވެ.

ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑަރ ވިދާޅުވީ ޣައްޒާއަށް އެހީ ނުލިބޭތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި މިހާރު ހުރި އެހީގެ ތަކެތި ބެހުމުގައިވެސް ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އެގޮތުން މިހާރުވެސް ހަނގުރާމަ ކުރަމުންދާތީ އެހީ ބެހުން ތަކުލީފަކަށް ވެފައިވާކަމަށެވެ.

އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ މި ހަނގުރާމައިގައި އެހީތެރިވާ ފަރާތްތައްވެސް މަރުވެފައިވާ ކަމަށެވެ. އަދި ހަނގުރާމައެއްގައި އެންމެ ގިނަ އެހީތެރިވެދޭ ފަރާތްތައް މަރުވެފައިވަނީ މި ހަނގުރާމައިގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެހީދިނުމަށް ބުދަ ދުވަހު ޔުނިސެފްގެ ހާއްސަ މިޝަނެއް ކުރިޔަށް ގެންގޮސްފައިވާއިރު މި އެހީ 10،000 ކުދިންނަށް ވަނީ ދީފައެވެ. އެހީގައި ނިއުޓްރިޝަނަލް އަދި މެޑިކަލް ސާމާނު ހިމެނޭ ކަމަށް ޔުނިސެފްގެ ތަރުޖަމާނު ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން