ކެޓްރީނާ ކައިފް ބެލެވެނީ ބޮލީވުޑް ފިލްމު އިންޑަސްޓްރީގެ އެންމެ ރީތި އެއް އެކްޓްރެސްގެ ގޮތުގައެވެ. ކެޓްރީނާގެ ރީތިކަމަށް ގިނަ ފޭނުން ތައުރީފު ކުރާއިރު އޭނާއަށް ހިތް ނުކިޔާ ފޭނަކު މަދުވާނެއެވެ.

ފޭނުންގެ ވާހަކަ ފަހަށް ޖައްސާލާފައި ބޮލީވުޑްގެ ތަރީންގެ ވާހަކައަށް ޖެހިލާއިރު، ބޮލީވުޑްގެ ބައެއް ތަރިންގެ ހިތްވެސް ކެޓްރީނާ ވަނީ އަތުލާފައެވެ. އެގޮތުން އެންމެ ފާހަގަ ވަނީ ސަލްމާން އާއި ކެޓްރީނާގެ ލޯބީގެ ވާހަކަ އެވެ.

ސަލްމާން ޚާންއާ އެކު ފިލްމް ބާރަތުގައި މަސައްކަތް ކޮށްފައިވާ ކެޓްރީނާ އާއި ސަލްމާން ވަނީ އެއް ދުވަސްވަރެއްގައި ލޯބީގެ ގޮތުންވެސް ގުޅިފައެވެ. އެކްޓްރެސްއެއްގެ ގޮތުގައި ކެޓްރީނާއަށް ގިނަ ބަޔަކު ތައުރީފު ކުރި ނަމަވެސް އޭނާ އެންމެ ގަޔާވާ އެކްޓަރުންގެ ވާހަކަ އެނގޭނީ ވަރަށް މަދު ބަޔަކަށެވެ. އޭނާ އެންމެ ގަޔާވާ އެކްޓަރުން ތިބީ ހަމައެކަނި ބޮލީވުޑްގައި އެކަންޏެއް ވެސް ނޫންކަން ފާހަގަ ކުރެވެއެވެ.

އެކި މުނާސަބަތުގައި ކެޓްރީނާ ވަނީ ސަލްމާނަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ. ބައެއް ރިޕޯޓްތަކުން ބުނާގޮތުގައި ކެޓްރީނާގެ ފިލްމީ ހަޔާތަށް ކުރިއެރުން އައީވެސް ސަލްމާންގެ އެހީތެެރިކަމާއެކުގައެވެ. އަދި ކެޓްރީނާގެ ފިލްމީ ހަޔާތުގެ ކުރީކޮޅު މި ދެތަރިން ތިބީ ލޯބީގެ ގޮތުން ގުޅިގެން ކަންވެސް ފާހަގަ ކުރެވެއެވެ.

ކެޓްރީނާ އެންމެ ގަޔާވާ އެކްޓަރަކީ ކާކުތޯ ސުވާލުކުރުމުން ފޭސްބުކްގެ ލައިވް އިވެންޓެއްގައި އޭނާ ބުނީ އެއީ ސުޝާންތު ސިންގް ރާޖްޕޫތު ކަމަށެވެ. އެއީ ސުޝާންތުގެ "އެމްއެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ" ރިލީޒް ކުރި ދުވަހެވެ. ހޮލީވުޑުން ކެޓްރީނާ އެންމެ ގަޔާވާ ތަރިންނަކީ ބްރެޑް ޕިޓް އާއި ލިއެނަރޑޯ ޑި ކެޕްރިއޯއެވެ.

އެންމެ ހިތްއެދޭ ތަރިއަކީ ކާކުތޯ ސުވާލުކުރުމުން ކެޓްރީނާ ބުނީ އެއީ ޕައިރެޓްސް އޮފް ދަ ކެރިބިއަންގެ ތަރި ޖޯނީ ޑެޕް ކަމަށެވެ.

އުމުރުން 40 އަހަރުގެ ކެޓްރީނާ 2021 ވަނަ އަހަރުން ފެށިގެން ކައިވެނި ކޮށްގެން އުޅެނީ ބޮލީވުޑްގެ ތަރި ވިކީ ކައުޝަލް އާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން