އިންޑިއާގެ މުމްބާއީގައި މީހަކު އޮންލައިން ކޮށް އޯޑަރުކޮށްގެން ގެނައި އައިސް ކްރީމް ކޯނަކުން އިންސާނެއްގެ އިނގިއްޔެއް ފެނުނު މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.

މި އިނގިލި ފެނުނު އައިސް ކްރީމް އުފެއްދި ކުންފުނީގެ ލައިސަންސް މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ.

މި އިނގިލި ފެނިފައިވަނީ މުމްބާއިގެ ޑޮކްޓަރެއް ކަމަށްވާ އޯރލެމް ބްރެންޑަން ސެއްރާއޯ އަށެވެ. އޭނާ އެޕެއް މެދުވެރިކޮށް ގެނައި "ޔުއްމޯ" އައިސް ކްރީމް ކޯނު ކާން ފެށިތަނުން، އެ އައިސް ކްރީމްގައި ނުހިމެނޭ ހަރު އެއްޗެއް ކެވިގެން ބަލާލި އިރު އޮތީ އިންސާނެއްގެ އިނގިއްޔެކެވެ. އޭނާ ވަނީ އެ ހާދިސާގެ ވީޑިއޯއެއް މީސް މީޑިއާގައި ހިއްސާ ކޮއްފައެވެ.

މި އިނގިލި ފެނުމާއި ގުޅިގެން ޑރ. ސެއްރާއޯ ވަނީ ފުލުހުންނަށް މައްސަލަ ހުށައަޅާފައެވެ. އަދި ފުލުހުން އެކަމުގެ ތަހުގީގު ވަނީ ފަށާފައެވެ. މީގެއިތުރުން ފުޑް ސޭފްޓީ އެންޑް ސޭފްޓީ ސްޓޭންޑާރޑްސް އޮތޯރިޓީ އޮފް އިންޑިއާ އިން ވަނީ ޔުއްމޯ އައިސް ކްރީމް ތާރޑް ޕާޓީ ގޮތުން އުފައްދާ ފޯޗޫން ޑެއިރީ އިންޑަސްޓްރީސް ޕްރައިވެޓް ލިމިޓެޑްގެ ކާބޯތަކެތި އުފެއްދުމުގެ ލައިސަންސް ނުވަތަ ހުއްދަ ސަސްޕެންޑް ކޮށްފައެވެ. މީގެ އިތުރުން ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ގުޅިގެން ވަނީ ފޯޗޫން ޑެއިރީގެ ފެކްޓަރީތައް ބަލާ ފާސްކުރަން ފަށާފައެވެ.

ޔުއްމޯ އައިސް ކްރީމަކީ ވަލްކޯ ކިއު އެސް އާރް ޕްރައިވެޓް ލިމިޓެޑްގެ އުފެއްދުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން