ކައިވެނީގެ އުފާފާޅުކުރަމުން ދަނިކޮށް އަމިއްލަ ކައިވެނި ޕާޓީގައި ނަށަމުން ދަނިކޮށް އަންހެނަކު މަރުވެއްޖެއެވެ.
އިންޑިޔާގައި ހިނގި މި ހާދިސާގައި އުފާފާޅުކުރަމުން ދަނިކޮށް ޕާޓީ ތެރެއަށް ކުއްލި ސިހުމެއް ލިބުނީ ޕާޓީގައި ނަށަމުން ދިޔަ ކައިވެނި ކުރި އަންހެން މީހާ ވެއްޓުނު ހިސާބުންނެވެ. އޭނާ ހޭ ނޭރުމުން ވަގުތުން އެމްބިއުލާންސުގައި ހޮސްޕިޓަލަށް ގެންދެވުނެވެ.
މި ހާދިސާގައި އަންހެން މީހާއަށް ވަގުތުން ސިއްހީ ފަރުވާ ދިން ނަމަވެސް ހޮސްޕިޓަލުގައި އޭނާ ވަނީ މަރުވެފައެވެ.
ދިއްލީއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ޝްރޭޔާ ޖޭން ނަމަކަށް ކިޔާ މި އަންހެން މީހާ މަރުވީ އޭނާގެ ކައިވެނި ފާހަގަ ކުރުމަށް އާއިލާ އާއި ރައްޓެހިންނާ އެކު ނަކުޗިޔާޓަލްގެ ލަގްޒަރީ ރިސޯޓަށް ގޮސް ހުއްޓަ އެވެ.
މަރުވި އަންހެން މީހާގެ ބައްޕަ ޖޭން ބުނީ އޭނާގެ އަންހެން ދަރިފުޅު މަރުވީ ބީޓެކް އަށް ފަހު އެމްބީއޭ ފުރިހަމަ ކުރި ފަހުން ކަމަށާއި ދަރިފުޅުގެ ކައިވެންޏާ މެދު ވަރަށް އުފާވި ކަމަށެވެ. ޑޮކްޓަރުންނާ ހަވާލަދީ މި ހާދިސާގެ ހަބަރު ގެނެސްދިން ބޭރުގެ ނޫހުން ބުނީ އަންހެން މީހާ މަރުވީ ހިތުގެ މައްސަލައެއް ދިމާވެގެން ކަމަށް ބެލެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު