އިސްރާއީލުން ޣައްޒާއާ ދެކޮޅަށް އެންމެ ފަހުން ދިން ބޮމުގެ ހަމަލާތަކުގައި 45 މީހުން ޝަހީދު ވެއްޖެ އެވެ.

އިސްރާއީލުގެ ހަމަލާތައް މިހާރު އަމާޒުވަމުން ދަނީ ޣައްޒާގެ ރައްކާތެރި ސަރަހައްދުތައް ކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކަށާއި ހޮސްޕިޓަލް ތަކަށެވެ. އެގޮތުން އިސްރާއީލުން ވަނީ އަލްމަވާސީގެ "ރައްކާތެރި ސަރަހައްދަށް" ވަރުގަދަ ހަމަލާތަކެއް ދީ ޣައްޒާގެ މެދުތެރޭގެ އަލް އަގްސާ ހޮސްޕިޓަށް ވެސް ވަދެފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި ޣައްޒާގެ ސިއްހީ ނިޒާމު މިހާރު އޮތީ ފުނޑުފުނޑުވާން ކައިރިވެފައެވެ. ހުކުރު ދުވަހު އިސްރާއީލުން ދިން ވަކިވަކި ހަމަލާތަކުގައި ފަލަސްތީނުގެ 45 މީހުން ޝަހީދުވެ ދިހަވަރަކަށް މީހުން ޒަޚަމްވެފައިވާ ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން ވަނީ ބުނެފަ އެވެ.

އޮކްޓޯބަރު މަހު ހަނގުރާމަ ފެށުނު ފަހުން ޣައްޒާގެ ސްކޫލްތަކުގައި ކިޔެވުން ހުއްޓި 625،000 ދަރިވަރުން ވަނީ ގޭގައި މަޑުކުރަން މަޖުބޫރު ވެފައެވެ. އިސްރާއީލުގެ ހަމަލާތައް އަމާޒުވަމުންދާ ތަންތަނުގެ ތެރޭގައި ޣައްޒާގެ ސްކޫލްތަކާއި ޔުނިވާސިޓީތައް ހިމެނެއެވެ.

އިސްރާއީލުން މެދުނުކެނޑި ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 7،000 އަށް ވުރެ ގިނަ ދަރިވަރުންނާއި 378 ތައުލީމީ މަސައްކަތްތެރިން ވަނީ ޝަހީދުވެފަ އެވެ. އދ އިން ބުނާގޮތުގައި އިސްރާެޒިލުން މިހާރު ދަނީ ސްކޫލް ދަރިވަރުންނަށް އިމްތިހާނު ހެދުމުގެ ފުރުސަތުން މަހުރޫމް ކުރަމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން