ކައުބާގެ ”109 ވަނަ ތަޅުދަނޑީގެ ވެރިޔާ“ ޞާލިޙް އަލް ޝައިބާ މިއަދު ހެނދުނުގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.

ރަސޫލު ޒަމާނުން ފެށިގެން ގެފުޅު ބެލެހެއްޓުމުގެ މަސްއޫލިއްޔަތާއި ގެފުޅުގެ ތަޅުދަނޑި ބެލެހެއްޓުން ހަވާލުކުރައްވާފައި ވަނީ ޞާލިޙް އަލް ޝައިބާގެ އާއިލާ އަށެވެ. އެ އާއިލާއިން އެންމެ ފުރަތަމަ ތަޅުދަނޑި އާއި ހަވާލުވީ ޞަޙާބީ ޢުޘްމާން ބިން ތަލްހާ (ރ.އ) އެވެ.

ގެފުޅުގެ ތަޅުދަނޑި ބެލެހެއްޓުމުގެ ޒިންމާ މި އާއިލާ އިން ހަވާލުވާން ފެށީ މުޙައްމަދު ނަބިއްޔާ (ޞޢވ) މައްކާ ފަތަހަ ކުރެއްވުމަށްފަހުއެވެ.

ޝެއިޚް ޞާލިޙް އަލް ޝައިބާގެ އަވަހާރަވުމާއެކު އެމަނިކުފާނުގެ މަތިން ގެފުޅު ބެލެހެއްޓުމުގެ ޒިންމާ ނެގޭނެއެވެ. ޒަމާނުއްސުރެ އޮތް އާދައާއި އެއްގޮތަށް، ދެން ކައުބާ ބަލަހައްޓާނެ ފަރާތަކީވެސް އަލް ޝައިބާ އާއިލާއަށް ނިސްބަތްވާ މީހެކެވެ.

ޝައިޚް ޞާލިޙް އަލް ޝައިބާގެ ކަށުނަމާދު ކޮށްފައިވަނީ މިއަދު މަސްޖިދުލް ހަރަމްގައެވެ. އެމަނިކުފާނު ވަޅުލާފައިވަނީ އަލް މުއައްލާ ސަހަރާގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން