ހުއްޓުމެއްނެތި ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި އެގައުމުގައި ހުރި އދ. ގެ އެހީދޭ މަރުކަޒެއް ކަމަށްވާ ޔުނައިޓެޑް ނެޝަނަލް އެޖެންސީ ފޯ ޕަލަސްތީނިއަން ރެފިއުޖީސް (ޔޫއެންއާރުޑަބްލިއުއޭ)ގެ އެހީދޭ މަރުކަޒެއް ކައިރިޔަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި މަދުވެގެން 8 މީހަކު މަރުވެއްޖެ އެވެ.
އާދީއްތަ ދުވަހު ވައިގެ މަގުން އިސްރާއީލުން ދިން މި ހަމަލާގައި ފަލަސްތީނުގެ 8 މީހަކު މަރުވެ އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ. އދ. ގެ މި ފެސިލިޓީ ބޭނުންކުރަނީ ޣައްޒާއަށް ވަންނަ އިންސާނީ އެހީ ބެހުމަށެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް އަރައިގަތުމުގެ ސަބަބުން ގެދޮރު ގެއްލިފައިވާ އެތައް ސަތޭކަ ބަޔަކު އެ ހާދިސާ ހިނގި ވަގުތު އދ. ގެ ފެސިލިޓީގެ ތެރޭގައި ހިޔާވަހިކަން ހޯދަމުން ދިޔައެވެ. އެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި ފަލަސްތީނުގެ އަންހެނަކު ބޭރުގެ ނޫހެއް ކަމަށްވާ އަލްޖަޒީރާއަށް ބުނީ އޭނާއަށް މަރުވެފައިވާ އެތައް ހަށިގަނޑުތަކެއް ފެނިފައިވާ ކަމަށާއި އެ ހަމަލާގައި އޭނާގެ ދެ ދަރިންނަށްވެސް އަނިޔާވެފައިވާ ކަމަށެވެ.
“މި މައުސޫމް ކުދިން ކޮން ގޯހެއް ހެދީ؟ ޒުވާން އަންހެނުންނާއި ފިރިހެނުން ކަތިލަނީ އިސްރާއީލުން،” ފަލަސްތީނު އަންހެން މީހާ ބުންޏެވެ.
އެ ހަމަލާއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައި ވަނީ އެ އިމާރާތަކީ "ޓެރަރިސްޓް ހަރަކާތްތަކުގެ ޝީލްޑެއް" ކަމަށާއި އެ އިމާރާތަކީ ހަމާސް އާއި ފަލަސްތީނުގެ އިސްލާމިކް ޖިހާދުން ބޭނުންކުރި އިމާރާތެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު