މަޝްހޫރު މީސްމީޑިއާ އެޕް، ސްނެޕްޗެޓްގެ ބެލެނިވެރި ކުންފުނި ސްނެޕް އިންކް އާއި ދެކޮޅަށް އުފުލާފައިވާ ޖިންސީ ތަފާތުކުރުމުގެ ދައުވާއެއް ހައްލުކުރުމަށް އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް 15 މިލިއަން ޑޮލަރު ދޭން އެއްބަސްވެއްޖެ އެވެ.
ކެލިފޯނިއާގެ ސިވިލް ރައިޓްސް ޑިޕާޓްމަންޓުން ސްނެޕް އިންކް އާއި ދެކޮޅަށް އުފުލާފައިވާ މި ދައުވާގައި ބުނެފައިވަނީ އެމެރިކާގައި ހުންނަ އެ ކުންފުނިން ތިން އަހަރު ދުވަހު އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް އިންސާފުވެރިކޮށް މުސާރަ އާއި ޕްރޮމޯޝަންގެ ފުރުސަތުތައް ކަށަވަރުކޮށްދީފައި ނުވާ ކަމަށެވެ.
މި ދައުވާގައި، 2015 އިން 2022 އާ ދެމެދު ސްނެޕް ކުރިއަރާފައިވާ ދުވަސްވަރު އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު 250 އިން 5،000 އަށް އިތުރުވެފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މި މުއްދަތުގައި އެކުންފުނީގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް މުސާރަ އާއި ޕްރޮމޯޝަންގެ ފުރުސަތުތައް ދީފައި ވަނީ ފިރިހެން މުވައްޒަފުންނާ އަޅާބަލާއިރު މަދުކޮށް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
އެކުންފުނީގެ އަންހެން މުވައްޒަފުންނަށް އާންމުކޮށް ޖިންސީ ތަފާތުކުރުންތަކާއެކު ވަޒީފާގެ ކުރިއެރުންތަކާއި، ފިރިހެން މުވައްޒަފުންނާ ހިލާފަށް އަންހެން މުވައްޒަފުންނާ މެދު ތަފާތު ކުރުންތައް އިތުރުވާތީ ވަޒީފާގެ މާހައުލުގައި އަދާވާތްތެރި މަސައްކަތުގެ މާހައުލެއް އުފެދޭ ކަމަށް މި ދައުވާގައި ސްނެޕްޗެޓް ހިންގާ ކުންފުންޏަށް ތުހުމަތުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު