ލަންޑަނުގެ ބޮޑު ކޮންސެޓެއްގައި ލަވަކިޔަން ހުއްޓާ ޓޭލާ ސްވިފްޓުގެ އަނގަޔަށް މެއްސެއް ވަދެއްޖެއެވެ.

ލަންޑަނުގައި ކުރިޔަށް ގެންދިޔަ ޕާފޯމަންސެއްގައި ޓޭލާ ސްވިފްޓުގެ އަނގަޔަށް މެއްސެއް ވަދެ އޭނާ ވަނީ ލަވަކިޔުންވެސް ހުއްޓާލާފައެވެ. ކުއްލިއަކަށް މިފަދަ ކަމެއް ދިމާވުމުން އޭނާ އަށް ވަރަށް ގަދައަށް ކެއްސި މަންޒަރުވެސް ފެނުނެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ބޭއްވި އިރާސް ޓުއާ ކޮންސެޓްގައި މި ހާދިސާ ހިނގުމުން ލަވަކިޔުންތެރިޔާ ވަނީ އިރުކޮޅަކަށް ލަވަކިޔުން ހުއްޓާލާފައެވެ. އަދި ކަރުތެރެއިން މެހި ދިޔަކަން އެނގުމުން އޭނާ ވަނީ އޭގެ މަދު ސިކުންތުކޮޅެއް ފަހުން ލަވަކިޔުން ކުރިޔަށް ގެންގޮސްފައެވެ.

އެކްސްގައި ފޭން ޕޭޖްތަކުން އަޕްލޯޑްކުރި ވީޑިއޯއެއްގައި ޓޭލާ ފެނިފައިވަނީ ޝިމްބަރީ ރަތް ހެދުމެއްގައި ހުރެ ލަވަ ހުށައަޅައި ދެމުންދާ މަންޒަރެވެ.

މިއީ ޓެއިލާއަށް މިފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރު ނޫންކަންވެސް ފާހަގަ ކުރެވެއެވެ. އެގޮތުން ފާއިތުވި އަހަރުގެ ޖޫން މަހުގައިވެސް މިފަދަ ކަމެއް ހިނގައި ލަވަކިޔުން ހުއްޓާލަން ޖެހުނުކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން