ހަނދުގެ ދުރު ފަރާތުން ސުންކު ނެގި ޗައިނާގެ ޗަންގް’އޭ-6 އުޅަނދު އެނބުރި ދުނިޔެއަށް އައިސްފިއެވެ. އަބަދުވެސް ދުނިޔެއާ ދުރަށް ވާގޮތަށް ހުންނަ ހަނދުގެ އެއްފަރާތުގައި ފުރަތަމަ ފަހަރަށް ޖެއްސުމުގެ ޝަރަފުވެސް ހޯދާފައި ވަނީ ޗައިނާގެ މި އުޅަނދުންނެވެ.
ޗައިނާގެ ޖައްވީ އުޅަނދުން ގެނައި ސުންކަކީ ބޭނުންތެރި މައުލޫމާތުތައް ލިބޭނެ ސުންކެއް ކަމަށް ވާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ޗައިނާގެ އުތުރުގެ ސަރަހައްދެއް ކަމަށްވާ އިނާ މޮންގޯލިއާ އަށް ޗާންގް-6 ލޫނާ ޕްރޮބް ޖެއްސީ މިދިޔަ އަންގާރަ ދުވަހު އެވެ. ގާތްގަނޑަކަށް ދެ މަސް ދުވަހުގެ މި މިޝަން ކާމިޔާބުކަމާއެކު ނިމުމަކީ ޗައިނާއަށް ލިބުނު ކުރިއެރުމެކެވެ.
ޗައިނާގެ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން (ސީއެންއެސްއޭ) އިން ބުނީ މި މިޝަނަކީ "ފުރިހަމަ ކާމިޔާބީއެއް" ކަމަށް ސިފަކުރެވޭ މިޝަނެއް ކަމަށެވެ.
މި މަހުގެ ކުރީކޮޅު ޗައިނާއިން ވަނީ ދަތުރުފަތުރާއި މުވާސަލާތީ ކަންކަމުގައި ގޮންޖެހުންތަކެއް ހުރި ހަނދުގެ އެންމެ ދުރު ފަރާތުގައި އޮންނަ ސައުތު ޕޯލް-އައިޓްކެން ބެސިން އަށް ފަޅުވެރިން ނެތް ޖައްވީ އުޅަނދެއް ފޮނުވާފައެވެ.
ޗައިނާ އިން ފޮނުވި ޖައްވީ އުޅަނދުގައި ރޮބޮޓިކް އަތާއި ބުރުމާ ބޭނުންކޮށްގެން މަދު ދުވަސްކޮޅެއްގެ ތެރޭގައި 2 ކިލޯ (4.4 ޕައުންޑް) ގެ ސުންކު އެއްކުރި އެވެ. އަދި ޕްރޮބްގައި ހަނދުގެ ބިމުގެ ސަރަހައްދުގެ ފޮޓޯ ނަގައި ޗައިނާގެ ދިދައެއް ވެސް ބެހެއްޓި އެވެ.

ކިޔުންތެރިންގެ ހިޔާލު