އިސްރާއިލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމުގެ އޮޕަރޭޝަން ސެންޓަރަކަށް ސައިޕްރަސް ބޭނުންކުރަމުންދާ ކަމަށް ބުނެ ތުރުކީގެ ރުޅިގަނޑު ފަޅައިގެން ގޮސްފި އެވެ.
ސައިޕްރަސްގެ އުތުރާއި ދެކުނު ދެބައިކޮށްފައި އޮންނަ އިރު، އުތުރު ކޮންޓްރޯލް ކުރަނީ ތުރުކީއިން އެވެ. އަދި ދެކުނުގައި އޮންނަނީ މިނިވަން ސައިޕްރަސް އެކެވެ.
ތުރުކީން ތުހުމަތުކުރަނީ ސައިޕްރަސްގެ ދެކުނުގައި ވެރިކަން ކުރަމުންދާ ސަރުކާރުން އިސްރާއިލާއެކު ވަރަށް ގާތް ގުޅުމެއް ބާއްވައި ޣައްޒާއަށް ހަމަލާތައް ދިނުމަށް އޮޕަރޭޝަން ސެންޓަރެއްގެ ގޮތުގައި އިސްރާއިލުން ބޭނުންކުރާ ކަމަށެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާން ވިދާޅުވީ އެކަމާ ގުޅޭ އިންޓަލިޖެންސް ރިޕޯޓްތައް ލިބެމުންދާ ކަމަށެވެ.
އެހެން ނަމަވެސް މިއީ އަލިފާނާ ކުޅުން ކަމަށް އޭނާ ސިފަ ކުރެއްވި އެވެ. އަދި މެދު އިރުމަތީގެ ހަނގުރާމައިގައި ބައިވެރިވެއްޖެނަމަ އެ އަލިފާންގަނޑުގައި ސައިޕްރަސްވެސް ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ސައިޕްރަސްގައި ހުންނަ ދެ ބޭސްއެއް އިނގިރޭސިވިލާތުން ބޭނުން ކުރަމުންދާ ކަމަށާއި އަދި އެ ބޭސް ބޭނުން ކުރަމުންދަނީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ނަމުގައި ކަމަށެވެ.
އިސްރާއިލުގެ އޮޕަރޭޝަން ސެންޓަރެއްގެ ގޮތުގައި ސައިޕްރަސް ބޭނުންކުރަމުންދާ ކަމަށް ތުރުކީގެ ފޮރިން މިނިސްޓަރު ވިދާޅުވި އިރު، ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން ވެސް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ސައިޕްރަސްއަށް ވަރުގަދަ އިންޒާރެއް ދީފަ އެވެ. އެގޮތުން ލުބްނާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ސައިޕްރަސްގެ ބޭސްތައް އިސްރާއިލަށް ހުޅުވާލައިފިނަމަ ފިސާރި ވަރުގަދަ ރައްދެއް ދޭނެ ކަމަށް ހިޒްބުﷲއިން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު