ގޭގައި ހުންނަ ބިއްލޫރި ފުޅިތަކުގެ މަތި ބާރުކުރަނީ ފިރިމީހާކަން ފަޅާއެރުމުން ވަރިވާން އަނބިމީހާ އެދިއްޖެއެވެ.

ނަން ހާމަނުކުރުމަށް އެދި ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އަންހެނަކު ބުނީ އޭނާގެ ފިރިމީހާ އަކީ ވަރަށް ތަފާތު ވިސްނުމެއް ގެންގުޅޭ މީހެއް ކަމަށެވެ. ފިރިމީހާ ގަބޫލުކުރާގޮތުގައި ބިއްލޫރި ފުޅީގައި ކޮންމެ އެއްޗެއް ހުއްޓަސް އޭގެ މަތިގަނޑު ބާރުކޮށް ހުރިއްޔާ އޭގައި ހުންނަ އެއްޗެއް ކުންޏެއް ނުވާނެއެވެ.

ފިރިމީހާ ކައިރިން ވަރިވާން އަނބިމީހާ ހުށަހެޅި ސަބަބު ކިޔައިދެމުން އަންހެން މީހާ ބުނީ ފިރިމީހާ ގޭގައި ހުންނަ ހުރިހާ ބިއްލޫރި ފުޅިއެއްގެ ވެސް މަތި ބާރު ކުރާ ކަމަށާއި އޭނާ ގޭގައި ނެތް ނަމަ އެ އެއްޗެއް ހުޅުވަން ބޮޑު ތަކުލީފަކަށް ވާ ކަމަށެވެ.

ކެއުމުގައި ބޭނުންކުރާ ތަފާތު އެކި އެއްޗެހި ފުޅިތަކަށް އަޅާފައި ހުންނައިރު އަނބިމީހާ ގޭގައި އެކަނި ހުންނަ ދުވަހަކު ބަނޑުހައި ވެގެން އެއްޗެއްގެ މަތި ނަގަން އުޅެފިއްޔާ ކޮންމެ ފަހަރަކުވެސް ލޭމައްޗަށް ދާކަމަށް އޭނާ ބުންޏެވެ.

ފިރިމީހާގެ މި އަމަލުގެ ވާހަކަ އެތައް ފަހަރަކުވެސް އޭނާ ކައިރީ ދެއްކުނު ވާހަކަ ހާމަކުރަމުން އެއަންހެން މީހާ ބުނީ އުމުރު ދުވަހަށް މިހެން ކަންތައް ތަޖުރިބާކުރަން ބޭނުން ނުވާ ކަމަށާއި ބޭނުންވަނީ ވީހާވެސް އަވަހަށް ފިރިމީހާއާ ވަރިވާން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން