ރެސްޓޯރެންޓެއްގައި ކާން އިންދާ ކިނބިއްސެއް އެޅިތަނާ ފިރިހެނެއްގެ ގޮހޮރުން ތަންގަނޑެއް އަނގައި ނުކުމެއްޖެއެވެ.
ފްލޮރިޑާގައި ހިނގި މި ހާދިސާގައި ފިރިހެން މީހާ ރެސްޓޯރެންޓަށް ދިޔައީ އޭނާގެ އަންހެނުންނާއެކުގަ އެވެ.
އެމެރިކަން ޖާނަލް އޮފް މެޑިކަލް ކޭސް ރިޕޯޓްސް އިން ބުނާ ގޮތުގައި އުމުރުން 63 އަހަރުގެ ފިރިހެނެއް ކިނބިއްސެއް އެޅިތަނާ އޭނާގެ ގޮހޮރުން ތަންކޮޅެއް އަނގައިން ނުކުމެފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައިވާގޮތް ކިޔައިދެމުން އެ ރިޕޯޓުން ބުނީ އަނިޔާވި ފިރިހެންމީހާ ދާދިފަހުން ގޮހޮރުގެ ސާޖަރީއެއް ހަދާފައިވާ ކަމަށެވެ. އަދި އެ ސާޖަރީގެ ނާޒުކު ކަމުގައި އަދިވެސް ސާޖަރީ ކުރި ތަން ރަނގަޅު ނުވާ ކަމަށާއި ކިނބިއްސެއް އެޅުމުން ފިރިހެންމީހާގެ އަނގައިން ނުކުތީ ގޮހޮރުގެ އެތިކޮޅުތައް ކަމަށާއި މިހާދިސާގައި ލޭވެސް ބޭރުވެފައިވާ ކަމަށެމް ބުބެފައި ވެއެވެ.
ހާދިސާ ހިނގުމާއެކު ވަގުތުން ޕެރަމެޑިކް އަށް ގުޅި ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި ސިއްހީ އަވަސް ފަރުވާދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު މި ފިރިހެންމީހާ ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާ ދީފައެވެ. މިހާރު އޭނާގެ ހާލަތު ރަނގަޅު ވަމުން އަންނަ ކަމަށްވެސް ރިޕޯޓުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު