ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ، ކަރާޗީގައި ހޫނުގަދަވުމުގެ ސަބަބުން ފާއިތުވި ހަތަރު
ދުވަހުގެ ތެރޭގައި 450 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ މީޑިޔާތަކުން ބުނެފިއެވެ.
ބޭރުގެ މަޝްހޫރު އެންޖީއޯ، އޭޑީ ފައުންޑޭޝަނުން ބުނީ ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި ހޫނުގަދަވުމުގެ ސަބަބުން 427 މީހުން މަރުވެފައިވާ ކަމަށެވެ. އަދި އަންގާރަ ދުވަހު އެކަނިވެސް އެގައުމުގެ ތިން ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް 23 މީހުން މަރުވެފައިވާ ކަމަށް ބުނެފައި ވެއެވެ.
އެޑީ ފައުންޑޭޝަންގެ އިސްވެރިޔާ ފައިސަލް ވިދާޅުވީ ކަރާޗީގައި މިހާރު ހުރި ހަތަރު މޯޗަރީވެސް ފުރިފައިވާ ކަމަށާއި އިތުރު ބަޔަކު މަރުވުމުން އެމީހުންގެ ހަށިގަނޑު ލާން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރެވޭނެ ގޮތެއްވެސް ނެތް ކަމަށެވެ.
އެޑީ ޓްރަސްޓް ފައުންޑޭޝަނަކީ ޕާކިސްތާނުގެ އެންމެ ބޮޑު ވެލްފެއާ ފައުންޑޭޝަނެވެ. އެ ފައުންޑޭޝަނުން ދަނީ ފަގީރު، ގެދޮރު ނެތް، މަގުމަތީގައި ތިބޭ ޔަތީމު ކުދިންނާއި ބެލެވެރިން މަގުމައްޗަށް ދޫކޮށްލާފައި ތިބޭ ތުއްތު ކުދިންނާއި ނިކެމެތި ހާލުގައި އުޅެން މަޖުބޫރުވެފައިވާ އަންހެނުންނަށް އެހީތެރިވެ އެކި ކަހަލަ ހިލޭ ހިދުމަތްތައް ފޯރުކޮށް ދެމުންނެވެ.
އެޑީ އިން ބުނާ ގޮތުގައި ހޫނުގަދަވުމުގެ ސަބަބުން ކަރާޗީގައި މަރުވާ ގިނަ މީހުންނަކީ ގެދޮރު ނެތް މީހުންނާއި މަގުމަތީގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު