އަވައްޓެރި އިންޑިޔާގެ އެއާޕޯޓެއްގެ ފުރާޅުގެ ބައެއް ވެއްޓި އެކަކު މަރުވެ ހަ މީހަކު ޒަހަމްވެއްޖެ އެވެ. އިންޑިޔާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނީ މި ހާދިސާގައި ވެއްޓުނީ ނައިޑޫ ކިންޖަރާޕޫ އެއާޕޯޓުގެ ޓާމިނަލް 1 ގެ ފުރާޅެވެ.
ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނީ މި ހާދިސާ ހިނގާފައި ވަނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ދިއްލީ އެއާޕޯޓް ޓާމިނަލް 1 ގެ ފުރާޅު ވެއްޓިގެން ކަމަށެވެ. މި ހާދިސާ އާއި ގުޅިގެން ފުރާޅު ވެއްޓުނު ޓާމިނަލް 1 އިން ދޭ ހުރިހާ ހިދުމަތެއް މެދުކަނޑާލަން ވަނީ ނިންމާފައެވެ.
ރިޕޯޓްތައް ބުނާގޮތުން މި ހާދިސާގައި ވެއްޓިފައި ވަނީ ޑޮމެސްޓިކް ފްލައިޓްތައް ޖައްސާ އަދި ފުރާ ޓާމިނަލްގެ ފުރާޅެވެ. ފުރާޅު ވެއްޓިފައި ވަނީ ބޭރުގައި ޕާކުކޮށްފައި ތިބި ކާރުތަކެއްގެ މައްޗަށެވެ.
ޔޫނިއަން މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން ރާމް މޯހަން ނައިޑޫ ކިންޖަރާޕޫ މިއަދު އެއާޕޯޓަށް ވަޑައިގެން ޓާމިނަލް 1 ބައްލަވާލައްވާފައިވެއެވެ. އަދި އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން ޓާމިނަލް 2 އާއި ޓާމިނަލް 3 އަށް ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު