ބޮލީވުޑްގެ ފިލަމީތަރި ހިނާ ޚާން އަށް ސްޓޭޖް 3 ގެ އުރަމަތީގެ ކެންސަރު ޖެހިފައިވާކަމަށް އޭނާ ބުނެފިއެވެ. އޭނާ މިކަން ހާމަކޮށްފައި ވަނީ ފޭނުން އޭނާގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވާކަން ހާމަކުރަމުންދާ ދަނޑިވަޅެއްގައި އޭނާގެ ސިއްހީ ހާލަތު ހާމަކުރުމަށް އަމިއްލަ އަށް ކުރި ކޮމެންޓެއްގަ އެވެ.

އުރަމަތީގެ ކެންސަރަކީ ދުނިޔޭގެ ގިނަ އަންހެނުންނަށް ޖެހޭ ސީރިއަސް ސިއްހީ ހާލަތެކެވެ. މިއީ އުރަމަތީގެ ޓިޝޫއިން އުފެދޭ އެއްޗަކަށް ވާއިރު މިއީ ބަލީގެ މިންވަރަށް ބަލާނަމަ އެކި މަރުހަލާތަކަށް ބަހާލެވޭ ކެންސަރެކެވެ.

ކެންސަރާ ބެހޭގޮތުން ބޭރުގެ ނޫހަކަަށް މައުލޫމާތު ދެއްވަމުން ޚަރްޣާރުގެ މަދަރހޫޑް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް އޮބްސްޓެޓްރިޝަން އަދި ގައިނެކޮލޮޖިސްޓް ޑރ ސޫރަބީ ސިދާތާ ވިދާޅުވީ ސްޓޭޖް 3 ގެ ކެންސަރަކީ އުރަމަތީގައި ލިމްފް ނޯޑްސް ނުވަތަ ކައިރީގައިވާ އެހެން ޓިޝޫތަކަށް ކެންސަރު ސެލްސް ފެތުރުމުން ދިމާވާ ހާލަތެއް ކަމަށެވެ.

ސްޓޭޖް 3 ގެ ކެންސަރުގައި އުރަމައްޗާ ދުރު ގުނަވަންތަކަށް މީގެ ސެލްސް ނުފޯރަ އެވެ. އުރަމަތީގެ ކެންސަރުން ރައްކާތެރި ވުމަށް ދުރާލާ ވަރަށް ގިނަ ކަންކަން ކުރެވިދާނެ އެވެ. އެގޮތުން ގަވާއިދުން އަމިއްލައަށް ބެލުމާއި އުރަމަތީގެ ކްލިނިކަލް އިމްތިހާނުތައް ހެދުމަކީ އުރަމައްޗަށް ދިމާވާ އާދަޔާ ހިލާފު ސިއްހީ ކަންތައްތައް އަވަހަށް ދެނެގަތުމަށް ވަރަށް މުހިންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން