އިންޑިޔާގެ ބިހާރުގައި ހަދަމުންދާ ބްރިޖެއް ވެއްޓިއްޖެއެވެ. މިއީ ފާއިތުވި 11 ދުވަހުގެ ތެރޭގައި އެގައުމުގައި ވެއްޓުނު 5 ވަނަ ބްރިޖުކަން ފާހަގަ ކުރެވެއެވެ. މަދުބާނީ އަވަށުގައި އޮންނަ މި ބްރިޖު ވެއްޓުނީ ފެންބޮޑުވުމުގެ ހާދިސާއާއި ގުޅިގެން ބްރިޖުގެ ތަނބެއް ވެއްޓިގެން ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.

ބިހާރުގެ ރޫރަލް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުން ހަދާފައިވާ މި ބްރިޖަކީ ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު ހުރަސް ކުރުމަށް ބޭނުންކުރާ ބްރިޖެކެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ބިހާރުގެ އަރާރިއާ، ސިވާން، އަދި އަރާރިއާ ޑިސްޓްރިކްޓްތަކުގައި މިދިޔަ ހަފްތާގައި މިފަދަ ތިން ބްރިޖެއް ވެއްޓިފައިވާ ކަމަށް އިންޑިޔާގެ މީޑިޔާ ތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެންމެ ފަހުން ބިހާރުގައި ވެއްޓިފައި ވަނީ ދިގުމިނުގައި 77 މީޓަރު ހުރި ބްރިޖެކެވެ. އެ ބްރިޖު ވެއްޓިފައި ވަނީ ބްރިޖުގެ ދެ ތަނބު މެދުން ބިނދިގެންނެވެ.

ފާއިތުވި އަހަރުތަކުގައި ބިހާރު ސްޓޭޓްގައި ބްރިޖް ވެއްޓުމުގެ ގިނަ ހާދިސާތަކެއް ހިނގާފައިވާއިރު، ބްރިޖްގެ މަސައްކަތްތަކުގެ ފެންވަރާ މެދު ސުވާލު އުފެދިފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން