އޮންލައިންކޮށް ފައިނޭންޝަލް ސްކޭމްތައް ހިންގާ ގްރޫޕެއްގެ ބައެއްގެ ގޮތުގައި ހިމެނޭ އިންޑިއާގެ 60 މީހަކު ސްރީލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުން ހައްޔަރުކޮށްފި އެވެ.
ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ބޭރުގެ މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި މި މައްސަލައިގައި 60 މީހުން ހައްޔަރުކޮށްފައިވަނީ ބުރާސްފަތި ދުވަހު ކޮލަމްބޯގެ މަޑިވެލާ އާއި ބަޓަރަމުލާ އިންނެވެ. އަދި ނެގޮމްބޯއިންވެސް ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ލަންކާގެ ފުލުހުންގެ ތަރުޖަމާނު އެސްއެސްޕީ ނިހާލް ތަލްދޫވާ ވިދާޅުވި މީހުން ހައްޔަރުކުރި ސަރަހައްދުތަކުގައި ސީއައިޑީން ހިންގި އޮޕަރޭޝަންގައި އެތައް ބަޔަކު އެއްފަހަރާ ބަލާ ފާސްކުރި އިރު ތުހުމަތު ކުރެވޭ ކުށާއި ގުޅުންހުރި ބައެއް ތަކެތި ވަނީ އަތުލައިގަނެފައެވެ. އެގޮތުން އަތުލައިގަތް ތަކެތީގެ ތެރޭގައި 135 މޯބައިލް ފޯނާއި 57 ލެޕްޓޮޕް ހިމެނެ އެވެ.
މި އޮޕަރޭޝަން ހިންގީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފައިސާ ދޭނެ ކަމަށް ބުނެ ހިންގި ސްކޭމްތަކެއްގެ ތެރޭގައި މީހަކު ކުރި ޝަކުވާ އަކާއި ގުޅިގެންނެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ލަންކާގެ ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު